ޓެކާސް މޯލްޑިވްސް ރިސޯޓު ކަޕްގެ އެފްއެމްސީޖީ ޕާޓުނަރަކަށް ވިލާ ޓްރޭޑިން!
ޓެކާސް މޯލްޑިވްސްގެ ޓެކާސް ރިސޯޓު ކަޕް 2023 ގެ އެފް.އެމް.ސީ.ޖީ ޕާޓުނަރަކަށް ވިލާ ޓްރޭޑިން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ޓެކާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓެކާސް ރިސޯޓް ކަޕް އިންތިޒާމުކުރާ ޓެކާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޝްމީ ރަޝީދެވެ.
މި އެއްބަސްވުމާއެކު މި މުބާރާތައް ބޭނުންވާ ފާސްޓް މޫވިން ކޮންސިއުމާ ގުޑްސްގެ ތެރޭގައި ހިމެނޭ ބާވަތްތައް ފޯރުކޮށްދޭނީ ވިލާ ޓްރޭޑިން އިން ނެވެ. ވިލާ ޓްރޭޑިން އަކީ މިހާރުވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް މުދާ ފޯރުކޮށްދެމުން އަންނަ ބަޔެކެވެ.
އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ވިލާމާޓުގެ ފުހާރަތައް މެދުވެރިކޮށް ދަނީ އާންމު މުދާ އަދި ކޮލެޓީ ރަނގަޅު ކާބޯތަކެތި ފޯރުކޮށްދެމުން ނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް