ހިޔާގެ ދެ ފްލެޓް ފާރުތަޅާލައި އެއްކޮށްލުމުން ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޖޫރިމަނާކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮލި މައްސަލާގައި ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޝަމާލް ޖޫރިމަނާކޮށްފިއެވެ.
އަރބަންކޯއިން ބުނި ގޮތުގައި ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން، އެ ކޯޕަރޭޝަނުން ބެލި ބެލުމުން، އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވުނު ކަމަށެވެ.

މި އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާާ ހިލާފަށް، ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އަރބަންކޯއިން މައުލޫމާތު ދިނެވެ.

ވޮއިސްއަށް މި އެޕާޓްމަންޓްތަކުގެ ފޮޓޯތައް ލިބިފައިވާއިރު, އެ ފްލެޓްގެ އިންފާރު އެއްކޮށްކަހަލަ ގޮތަކަށް ތަޅާލައި ގުޅުވަލާފައިވެއެވެ. މިއީ 25 ބުރީގެ ހިޔާ އިމާރާތައް ވެސް ބޮޑެތި ގެއްލުން ލިބޭނެކަމެކެވެ.

މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އަންގާފައި ވާކަމަށް އަރބަންކޯއިން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް