ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކެއް ވިއްސައިގެންގޮސްފި
ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ފާހަގަވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން މިކަމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދު ހަވީރު 4 ސޯލާ ޕެނަލްއެއް ވިއްސައިގެން މޫދަށް ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެކޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
އެގޮތުން ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދު ހަވީރު 17:45 ކުން މިރޭ 23:45 އަށް ހުދު ސަމާލުވެސް ނެރެފައެވެ.
އަދި ބޯކޮށް ވާރޭ ވެހުމާއި, ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް