މަތިވެރި ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
މަތިވެރި ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު 05 Sep 2023 | 11:57

އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުއިއްޒުގެ ވެރިކަމެއްގައި މަތިވެރީގައި އަޅަން ވަޢުދުވެވަޑައިގެންފި!

އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް އެ އަތޮޅު މަތިވެރީގެ ފަޅު ހިއްކައިގެން އެ ތަނުގައި ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

މިއަދު މަތިވެރީގައި ބޭއްްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުން ދެކެން ބޭނުންވާ ދުވަހަކީ، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ގެނެވުނު ތަރައްގީގެ ދުވަސްތައް ކަމަށެވެ.

އަދި މިވެރިކަމުގައި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ ގިނަ މަޝްރޫއުތައް ހުރީ ނުނިމި ކަމަށާ، އެކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ހުއްޓާލާނެ ކަމަށް މިސަރުކާރުން ބުނަމުންދާ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. އެހެން ނަމަވެސް، އެމަނިކުފާނާއި، ޕީޕީއެމް/ޕީއެންސީގެ އަކީ ތަރައްގީއަށް ލޯބި ކުރާ ބައެއް ކަމަށާ، އެހެން ކަމުން އެފަދަ އެއްވެސް މަޝްރޫއެއް ނުހުއްޓަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

އެއްވެސް ރަށެއްގައި، ފެށިފައި، ފަށަން ނިންމާފައި ހުރި އެއްވެސް މަޝްރޫޮއެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވާ ބަދަކު ގެނެސްދީގެން ގެންގޮސް ނިންމައި ދީ އަވަހަށް އޭގެ ފައިދާ ރައްޔިތުންނަށް ވާނެގޮތް ހަދައިދޭނަން.

ޑރ. މުހައްމަދު މުޢިއްޒު

މުޢިއްޒު އިތުރަށް ވިދާޅުވީ އއ އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި އެއާޕޯޓެއް ހެދުންކަންވެސް މުޢިއްޒު ފާހަގަކުރެއްވި އެވެ.

އެހެންކަމުން އިންތިހާބު ކާމިޔާބު ވެއްޖެނަމަ، މަތިވެރި ފަޅު ހިއްކައިގެން ރިސޯޓް ހަދައި ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށް މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި އެއާޕޯޓަށް ބިން ހިއްކާއިރު، އެ ކަން ކުރާނީ ރަށަށް ބޭނުންވާ ވަރަށް ބިން ހިމަނައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މި ރަށުގައި ބިމެއް ނެތް، ހުސްވެފައި އޮތީ. މުސްތަގްބަލަށް ބޭނުންވާ ޖާގަ އާއި ގެދޮރަށް ބޭނުންވާ ޖާގައާ އެކީގައި އެއާޕޯޓާ އެކީގައި ރަށަށް ބޭނުންވާ ބިމާ އެކީގައި ހިއްކާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.