އިޔާޒުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފް
އިޔާޒުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފް
ހަބަރު 05 Sep 2023 | 13:28

އިޔާޒުގެ ބައްޕަގެ ތައީދު ޑރ. މުޢިއްޒަށް!

ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އެކަން ހާމަކޮށްފި އެވެ.

ކަޅުވެ އަބްދުއްލަތީފުގެ ފަރާތުން މީސް މީޑިއާގައި އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ވަނީ މިހާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއިދު ނުކުރާ ގިނަ ސަބަބުތަކެއް ވަރަށް ތަފްސީލާއި އެކު ހާމަކުރައްވާފައެވެ.

އެގޮތުން އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އެމަނިކުފާނުގެ މައްޗަށް ޒިނޭގެ ތުހުމަތު އޮތުމެވެ. އިޔާޒުގެ ބައްޕަ ދެކެވަޑައިގަންނަވާ ގޮތުގައި އެ ތުހުމަތުތަކުން ބަރީއަ ނުވެ އިންތިހާބުގައި ވާދަކުރެވިގެން ވެސް ނުވާނެ އެވެ.

"އިބޫ ސޯލިހަށްވެސް ތާއީދު ނުކުރެވެނީ އެކަހަލަ މައްސަލައެއް އޮތީމައޭ، ޝަރުއީ މައްސަލައެއް އޮތީމަ. އެއީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ހަމަ ފާޅުގައި އެތައް ބައެއްގެ ތެރޭގައި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު، މިހާރުގެ ރައީސް އެ ހުންނެވީ ޒިނޭ ކުރައްވައިގެންނޭ. އިބްރާހީމް މުހައްމަދު ސޯލިހަކަށް އަދިއަކު އެއަކުން ބަރީއައެއް ނުވެވޭ،" އަބްދުއްލަތީފް ވިދާޅުވި އެވެ.

"ކޯޓު މެދުވެރިކޮށް ބަރީއަވާން ޖެހޭނީ، މީ ޝަރުއީ މައްސަލައެއް، ދީނީ މައްސަލައެއް. ހަމަ ތިމަންނަ ނުކުރަމޭ އެހެން ބުނެލީމަކާ ކަމަކު ނުދާނެ. ބަރީއަ ވާންޖެހޭނީ ކޯޓު މެދުވެރިވެގެން. އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހަކަށް އަދި މިފަހަރު [އިންތިހާބަށް] ކުރިމައްޗެއް ނުވެސް ލެއްވޭނެ އެ ތުހުމަތުތަކުން ބަރީއަ ނުވެއެއް."

ކަޅުބެ އަބްދުއްލަތީފް

މީގެ އިތުރުން ވެސް އިޔާޒުގެ ބައްޕަ ވިދާޅުވީ، މީގެ ކުރިން އޭނާވެސް ރައީސް ޞާލިހަށް ވަރަށް ތާއީދު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، މިހާރު ތާއީދު ނުކުރަނީ އެމަނިކުފާނުގެ ފަރާތުން "ކަމުނުދާ" ކަންތައްތަކެއް ފެނިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަމުނުދާ ކަންތައްތަކެއް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ފެނުނު. ކުރީގައި ހަމަ ވަރަށް ތާއީދުކުރިން. އެކަމަކު ފަހުން ވީގޮތަކީ އޭނާގެ ފަރާތުން ފެނިއްޖެ ކަންތައްތަކެއް. އެއީ އަޅުގަނޑު މާކުރިން މައުމޫން ދުވަސްވަރުވެސް މައުމޫނާ ދިމާލަށްވެސް ވެރިކަމުގެ ނުވަވަނަ އަހަރު ސިޓީއަކުން ދެންނެވިން އެމީހެއްގެ އަނބިދަރިން އިސްލާހު ނުކުރެވޭ މީހަކަށް ގައުމެއް އިސްލާހެއް ނުކުރެވޭނޭ،"

ކަޅުބެ އަބްދުއްލަތީފް

"އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އޭނާގެ އަނބިކަނބަލުން ހުކުރު ހައްޖެއް ލިބުނީމާ ހައްޖަށް ގެންގޮސްފަ، އެތާނގައި ބުރުގާ އަޅުއްވައިގެން އުޅުއްވާފަ ފަހުން އެ [ބުރުގާ] އެއްލާލައިފި. އެއްލާލައިފަ ފަހުން ރުހިގެން ގޮވައިގެން އުޅޭކަން މައްސަލައަކީ." ކަޅުބެ އަބްދުއްލަތީފް ވިދާޅުވި އެވެ.

މިއާއެކު އިޔާޒުގެ ބައްޕަ ވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، އިސްލާމް މާއްދާ އިނގިރޭސިން ކިޔައިދޭން ނިންމި ނިންމުމާއި މެދުވެސް ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެފަދައިން ކަން ނުކޮށް އަރަބިން ކިޔަވައި ދޭ ނަމަވެސް މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ދީނަށް ފުރައްސާރަކުރި އެންމެން ގެންގޮސް [މި ސަރުކާރުން] ކާގެއަށްލީ.... އިންޑިއާގައި މުސްލިމުން އުޅޭ ހާލު އެބަ ފެނޭ. އެމީހުންގެ [އިންޑިއާގެ] ނުފޫޒު މިތަނަށް [ރާއްޖެއަށް] އަތުވެއްޖިއްޔާ ދީނީ މީހުންނަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ. މިހާރުވެސް އެކަންކަން އެހެރަ އަންނަނީ މަޑުމަޑުން ފެންނަމުން،" އޭނާ ވިދާޅުވި އެވެ.

"މިހާރު ފަސް އަހަރުގެ ވެރިކަން ނިމުނީ. ނިމިއްޖެ. ދެން އިތުރަށް ކުރިމަތިލައްވަން ޖެހޭނީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަ އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިނޭގެ ތުހުމަތުން ބަރީއަވެގެެން. ހުވާ ކޮށްގެން ހުންނެވީ ވެސް ދީނާ އެއްގޮތަކަށް ކަންކަން ކުރަން. އެކަމަކު މިތަނުގައި ދީނާ ދެކޮޅަށް ފުރައްސާރަކުރީމާ ވެސް އެކަންކަމެއް ނުބެލުނު. އިންޑިއާ މީހުންނަށް އަޅުވެތިވެއްޖެ."

ކަޅުބެ އަބްދުއްލަތީފް

މިއާއެކު އިޔާޒުގެ ބައްޕަ ވިދާޅުވީ، ރައީސް ޞާލިހު ގެ ފަރާތުން ފެނިފައި އެވާ ފަދަ "ގޯސް ކަމެއް" ޑރ. މުއިއްޒުގެ ފަރާތްޕުޅުން ނުފެންނަ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.