ޕީއެންސީގެ ރައީސް އަކަށް ޑރ. މުޢިއްޒު ހަމަޖައްސަވައިފި!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފިއެވެ.
ޕީއެންސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވީ އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުالله އެވެ.
ނަމަވެސް ރޭ އޮތް ޕީއެންސީ ސެނެޓް ބައްދަލުވުމެއްގައި ސެނެޓްގެ އައުލަބިއްޔަތުން ޕީއެންސީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ. އަދި ޕީއެންސީގެ ނައިބް ރައީސް އަކަށް އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ހަމަޖައްސާވާފައެވެ.
މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަދުރޭ ވަނީ އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައެވެ. އަދި އަދި ޕީއެންސީ ސެނެޓްގެ ނަންވެސް "މެންބަރުންގެ މަޖިލީސް" އަށް ވަނީ ބަދަލު ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް