ތުރުކިޔޭގެ ވެރިކަންކުރާ ޕާޓީގެ ދަޢުވަތަކަށް ޢިމްރާން ތުރުކިޔޭއަށް
ޢަދާލަތު ޕާޓިގެ ރައީސް އަދި އެޕާޓީގެ ނައިބު ރައީސް މިއަދު ތުރުކީ ވިލާތައް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީއިން ހާމަ ކޮށްފިއެވެ.
ޢަދާލަތު ޕާޓީ އިން ބުނީ ތުރުކީވިލާތުގެ ވެރިކަން ކުރާ ޕާޓީ އޭކޭ ޕާޓީގެ ޚާއްސަ ދަޢުވަތަކަށް ޢަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله އާއި ނާއިބު ރައީސް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އަހުމަދު ޝަރީފް މިއަދު އެޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޢަދާލަތުން ބުނީ އެދެބޭފުޅުން ތުރުކީ ވިލާތައް ވަޑައިގަންނަވަނީ އެޤައުމުގެ ވެރިކަން ކުރާ ޕާޓީގެވކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި ކަމަށެވެ.
ޢަދާލަތު ޕާޓީގެ ފަރާތުން މިކަން މިހެން ހާމަކޮށްފައިވާއިރު ޢިމްރާންގެ މިދަތުރުފުޅާއި ގުޅިގެން ސޯޝަލް މީޑީއާގައި އެއްބަޔަކު ބުނަމުންދަނީ ވެރިކަން ބަދަލުވުމުގެ ކުރުން ޢިމްރާން ފިލަން މަސައްކަތް ކުރައްވަނީ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް