ޑރ މުޢިއްޒުގެ އިންތިޤާލީ ކޮމިޓީގެ ޑިރެކްޓާ ޖެނެރަލްއަކަށް ޢަބްދުއްރަޙީމް
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިންތިޤާލީ ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލް އަކަށް އަބްދުއްރަހީމް އަބްދުالله ހަމަޖައްސަވައިފިއެވެ.
ޑރ މުޢިއްޒުގެ ފަރާތުން އިންތިޤާލީ ކޮމިޓީގެ އެންމެ އިސް ބޭފުޅަކަށް ޢަބްދުއްރަޙީމް ހަމަޖެއްސިކަން ސިވިލް ސާވިސް ކޮމިޝަނަށް އެންގުމާއި އެކު އެކޮމިޝަނުން މިއަދު ވަނީ އިންތިގާލީ ކޮމިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސައި، ދެ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށްފައިވާކަން ހާމަކޮށްފައެވެ.
އިންތިޤާލީ ކޮމިޓީގެ ތަރުޖަމާނަކަށް ހަމަޖައްސަވައިފައިވަނީ އަލްއުސްތާޒް މުޙައްމަދު ފިރުޒުލް އެވެ.
ޕީއެންސީން ރޭ ބޭއްވި އެޕާޓީގެ މަޖިލިސް ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ކަމަށް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އަދި ނައިބު ރައީސް ކަމަށް އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ އިންތިޚާބު ކޮށްފައެވެ.
މީގެ އިތުރުން، އެ ޕާޓީގެ ރައީސް ކަމުގައި ކުރިން ހުންނެވި ޢަބްދުއްރަޙީމް ވަނީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް