ޑރ.މުއިއްޒު ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި
އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާ ލުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ އެނބުރި ވަޑައިގެންފިއެވެ.
މުއިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެމަނިކުފާނުގެ އާއިލާ އާއި އެކުއެވެ.
މިއީ މިއަހަރު ގެ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޑރ.މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާއި އެކުގައި ކަމަށް ވިދާޅުވުން ފިޔަވާ ދަތުރުގެ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއްނުވެއެވެ.
އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް