އަކްރަމް ކަމާލުއްދީން
އަކްރަމް ކަމާލުއްދީން
ހަބަރު 05 Nov 2023 | 09:33

ޕޮއިންޓް ލިބޭނީ ޕޯޓަލްގައި ފޯމު ފުރާ ގޮތަކަށް: އަކްރަމް

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޕޮއިންޓް ލިބިފައިވަނީ ފްލެޓަށް އެދި ފޯޓަލްގައި ހުށަހަޅާ ފޯމު ފުރާ ގޮތަކަށް ކަމުގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އިއްޔެ އިއުލާނުކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވަނީ ދެކޮޅު ނުޖެހޭ ގޮތަށް ކަމަށްބުނެ ގިނަ އަދަދެއްގެ އާންމުން ވަނީ ޕްލޭނިން މިނިސްޓްރީއަށް އެއްވެ އިހްތިޖާޖު ކޮށްފައެވެ.

އިބްތިޖާޖުގެ ބައިވެރިންގެ ތެރޭގައި ހުންނަވައި އަކްރަމް ވިދާޅުވީ ޕްލެޓަށް ޕޮއިންޓް ލިބިފައިވަނީ އެކަމަށް އެދި ޕޯޓަލްގައި ފުރާ ފޯމު ފުރާގޮތަކަށް ކަމުގައެވެ.

އެ ބޭފުޅާ މިހެން ވިދާޅުވުމާއެކު އެ ތަނަށް އެއްވެ ތިބި އާންމުންވަނީ އެކަމަށް ފާޑުކިޔައި އަޑުގަދަ ކުރަން ފަށައިފައެވެ.

ޕޯޓަލްގައި އަސްލު އިންނަ ފޯމަކީ ތި ބޭފުޅުން ފުރުއްވާ ގޮތަކަށް އެއަށް ޕޮއިންޓް ލިބޭ އެއްޗެއް

އަކްރަމް ކަމާލުއްދީން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފުލެޓު ލިބުނު މީހުންގެ ނަންތައް އިއުލާން ކުރީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ކުރީ އިއުލާނުގައި ބުނެފައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށް ކަމަށެވެ.

ފްލެޓް ލިސްޓަށް ގިނަ އަދަދެއްގެ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމާއެކު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 5 ނޮވެންބަރ 2023 އިން ފެށިގެން 9 ނޮވެންބަރ 2023 ގެ 16:00 ގެ ނިއަލަށް ޝަކުވާ ހުށަހެޅުމަށް އެ ޕްލޭނިންގް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.