އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރަކަށް އިބްރާހިމް ޝަރީފް!
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހޮވިއްޖެއެވެ.
ހުސްވެފައިވާ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރުގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ވާދަކުރައްވާފައިވަނީ މެންބަރު އިބްރާހިމް ޝަރީފްއާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދެވެ.
50 މެންބަރަކު ބައިވެރިވެވަޑައިގެންނެވި މި ވޯޓު ޝަރީފް ކާމިޔާބުކުރެއްވީ 27 މެންބަރުންގެ ވޯޓާއިއެކުގައެވެ. ނިހާދަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
އެމްޑީޕީގެ ޕީޖީގެ ނައިބު ލީޑަރުކަމުގެ މަގާމު ހުސްވީ ކުރިން ޕީޖީ ލީޑަރަކަށް ހުންނެވި މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރުމާއިއެކު، ކުރިން ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ޕީޖީ ލީޑަރަކަމަށް އިންތިހާބު ކުރުމާއި ގުޅިގެނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް