މާލޭ މަސް މާރުކޭޓްގައި މާރާމާރީއެއް؛ އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސް މާރުކޭޓު ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާލޭ މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ރޭ 22:08 އެހާކަންހާއިރު ކަމަށެވެ.
އަދި މާރާމާރީގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ. ޒަޚަމްވެފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް