ލަގްޒެންބާގްގައި އާންމު ދަތުރުފަތުރު ހިލޭކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފްރާންސް ޖެހިގެން އޮންނަ ޔޫރަޕްގެ ކުޑަ ގައުމެއްކަމުގައިވާ ލަގްޒެންބާގުން އެގައުމުގެ ރައްޔިތުންނަށް އާންމު ދަތުރުފަތުރުކުރުމުގެ ނިޒާމު ހިލޭ ބޭނުންކުރެވޭނެގޮތް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ އެގައުމުގެ ސަރުކާރުން އަލުން އިންތިޚާބުވުމަށް ވެފައިވާ ވައުދެއްގެ ދަށުންނެވެ. އެގޮތުން އަންނަ އަހަރުގެ ހޫނު މޫސުމުން ފެށިގެން ޓްރެއިން، ޓްރޭމް އަދި ބަހުގެ ހިދުމަތްތަކުން އެއްވެސް އަގެއް ނުނަގާގޮތަށް އެގައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.
ލަގްޒެންބާގްއަކީ ދުނިޔޭގައި ބިމުގެ ސަރަހައްދާއި އަޅާބަލާއިރު އެންމެ ޓްރެފިކްގެ މައްސަލަ ބޮޑު ގައުމުކަމަށް ދިރާސާތަކުން ދައްކައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެގައުމުގައި ޓްރެފިކް ޖޭމް އިތުރުވަނީ ޖެހިގެން ހުރި ފްރާންސް އަދި ބެލްޖިއަމްފަދަ ގައުމުތަކުގެ މަސައްކަތްތެރީންވެސް އެގައުމަށް އަންނާތީއެވެ.
އާންމު ދަތުރުފަތުރުކުރުމުގެ ނިޒާމު ހިލޭކުރުމުގެ އިތުރުން، އެގައުމުން 2020 ވަނަ އަހަރުވަނީ ކަރުދާސް ޓިކެޓް ބޭނުންކުރުންވެސް ހުއްޓާލުމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް