ޗޮކޮލެޓް ފަޖް
ޗޮކޮލެޓް ފަޖް
ލައިފްސްޓައިލް 06 Jan 2023 | 02:28

މެންދުރު ކެއުމަށްފަހު އަނގަ ފޮނި ކޮށްލަން ޗޮކޮލެޓް ފަޖް ކިހިނެއްވާނެ؟

ހުކުރު ދުވަހަކީ ޚާއްސަ ދުވަހަކަށް ވާއިރު، ހުކުރު ދުވަހުގެ މެންދުރު ކެއުމަށްފަހު އަނގަ ފޮނި ކޮށްލަން މީރު ފޮނި އެއްޗެއް ކެއުމަކީ އާއްމުކޮށް އެންމެންވެސް ކޮށް އުޅޭ ކަމެކެވެ. އެހެންކަމުން މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ޗޮކޮލެޓް ފަޖް ވަރަށް މީރުކޮށް ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާނެ ތަކެތި

1/2 ޕެކެޓް މަންޗީ މާރީ ބިސްކޯދު ( ކުދި ކޮށްފައި)

3 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑާ

2 ކުކުޅު ބިސް

150 ގްރާމް ބަޓަރު

1 ދަޅު ގެރިކިރު

1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

1 ޑެއިރީ މިލްކް ސިލްކް ޗޮކޮލެޓް (ބޮޑު)

ކަޖޫނަޓް ( ބޭނުން ވަރަކަށް، ކުދި ކޮށް ކޮށާފައި)

ކަނަމަދު ކޮޅެއް (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް:

1) ފުރަތަމަ ބަޓަރު ކޮޅު ދިޔާ ވަންދެއް ތެލީގައި ހޫނުކޮށްލާށެވެ.

2) ދެން ތަށްޓެއްގެ ތެރޭގައި ދެ ބިސް އެކުލަވާ ކުމަށްފަހު ބަޓަރު ކޮޅު ތެރެއަށް އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ.

3) އެއަށްފަހު ކޮކޯ ޕައުޑަރ ވެސް 1/2 ޖޯޑު ފެނުތެރޭގައި ގިރައި އެކުލަވާލުމަށްފަހު ތެއްޔަށް އަޅައި އެއްކޮށްލާށެވެ.

4) ދެން ޑެއިރީ މިލްކް ޗޮކްލެޓާއި، ވެނީލާ އެސެންސް އަދި ގެރިކިރުވެސް އެއަށް އެޅުމަށް ފަހު އެއްކޮށްލާށެވެ.

5) ޗޮކޮލެޓް މިކްސްޗަރ އޮލަވުމުން، ކުދި ކޮށްފައި ހުރި މަންޗީ މާރީ ބިސްކޯދު މަޑު މަޑުން ތެއްޔަށް އަޅާށެވެ. އަދި އެއާ އެއްވަރަށް ކޮށާފައި ހުރި ކަޖޫނަޓް ކޮޅުވެސް އަޅަމުން އެއްކުރަމުން ގެންދާނީއެވެ.

6) ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ބޭނުންވާ ޓްރޭއަކަށް އެޅުމަށް ފަހު، މައްޗަށް ކަނަމަދު ކޮޅު އަޅާލުމަށްފަހު، ޕްރިޖްގައި ފިނި ކުރަން ބަހައްޓާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...