ބަޓަރ ޗިކަން
ބަޓަރ ޗިކަން
ލައިފްސްޓައިލް 06 Apr 2023 | 04:50

ބަޓަރ ޗިކަން ތައްޔާރު ކޮށްލަން ބޭނުންތަ؟ މިއޮތީ ރެސިޕީ!

ބަޓަރ ޗިކަން އަކީވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކޮށް އުޅޭ ޑިޝް އެކެވެ. އެގޮތުން މީގެ ކުރިން ވެސް މި ޑިޝް ތައްޔާރު ކުރާނެ ގޮތެއް ވާނީ "ވޮއިސް" ގެ ބަދިގެއިން ގެނެސްދީފައެވެ. މިއަދު މި ގެނެސްދެނީ އެ ނޫން އެހެން ގޮތެވެ. މިއީވެސް ވަރަށް މީރު ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

ފުރަތަަމަ މެރިނޭޝަން

500 ގ ބޯންލެސް ކުކުޅު (ކޮށާފައި)

3/4 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1/4 ސައި ސަމުސާ ލޮނު

1/2 ސައި ސަމުސާ މުގުރި މިރުސް

ދެވަނަ މެރިނޭޝަން

3/4 ސައިސަމުސާ ފެނު ގްރީކް ފަތް (ހިއްކާފައި މުގުރާފައި)

3/4 ސައި ސަމުސާ ގަރަމް މަސާލާ

1 މޭޒުމަތީ ސަމުސާ ތެޔޮ

1/2 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް

1/2 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް

1/2 ޖޯޑު ޕްލެއިން ގްރީކް ޔޯގަޓް

ރީނދޫ ކޮޅެއް

ގްރޭވީ ތައްޔާރު ކުރަން

5 މޭޒުމަތީ ސަމުސާ ބަޓަރ

1/2 ސައިސަމުސާ ލޮނުމެދު ޕޭސްޓް

1/2 ސައިސަމުސާ އިނގުރު ޕޭސްޓް

2 އިންޗް ފޮނިތޮށި ކޮޅެއް

2 ކާފޫރު ތޮޅި

2 ތޮޅި މިރުސް (ބޭނުން ނަމަ)

4 ބޮޑު ޓޮމާޓޯ

18 ކެޝޫ ނަޓް

1 ސައިސަމުސާ މުގުރި މިރުސް (ނުވަތަ ކުޅި ކުރަން ބޭނުންވާ ވަރަކަށް)

3/4 ސައިސަމުސާ ގަރަމް މަސާލާ

1/2 މޭޒުމަތީ ސަމުސާ ފެނު ގްރީކް ފަތް (ހިއްކާފައި މުގުރާފައި)

1/4 މޭޒުމަތީ ސަމުސާ ހަކުރު

ލޮނު

100 މިލިލީޓަރ ހެވީ ކްރީމް

2 މޭޒުމަތީ ސަމުސާ ކޮރެއަންޑާ ފަތް (ގާނިޝް ކުރަން)

ތައްޔާރުކުރާނެ ގޮތް

1) ފުރަތަަމަ މެރިނޭޝަން އަށް ބޭނުންވާ ތަކެތިން ކުކުޅު ކޮޅާއި އެއްކޮށްލުމަށްފަހު 20 މިނެޓް ވަންދެން މެރިނޭޓް ކޮށްލާށެވެ.

2) ދެން ދެވަނަ މެރިނޭޝަން އަށް ބޭނުންވާ ތަކެތި އޭގެ ތެރެއަށް އަޅާލުމަށްފަހު 12 ނުވަތަ 48 ގަޑި އިރުވަންދެން ފްރިޖުގައި މެރިނޭޓް ކޮށްލާށެވެ. ގިނަ އިރު މެރިނޭޓް ކުރި ވަރަށް ބަޓަރ ޗިކަން މީރު ވާނެއެވެ.

3) ކެޝޫ ނަޓާއި ޓޮމާޓޯ މިކްސަރުން ރަނގަޅަށް މުގުރާލައި ޕޭސްޓް ތައްޔާރުކޮށްލާށެވެ.

4) ދެން 2 މޭޒުމަތީ ސަމުސާ ބަޓަރ ތަވައަކަށް އެޅުމަށްފަހު ބަޓަރ ވިރުމުން މެރިނޭޓް ކުރި ކުކުޅު އެއަށް އަޅައި ކުކުޅުން ނުކުންނަ ފެންފޮދު ހިނދި، ކުކުޅަށް ރަން މުށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ.

5) އެއަށްފަހު ބަޓަރ ޗިކަން ތައްޔާރު ކުރާ ތެލި އުނދުން މައްޗަށް އުދުމަށްފަހު 3 މޭޒުމަތީ ސަމުސާ ބަޓަރ ތެއްޔަކަށް އަޅައި ވިރުވާލާށެވެ. ދެން އެއަށް ކާފޫރު ތޮޅި އާއި ކަރަންފޫ އަދި ފޮނިތޮށި އަޅައިގެން އެއް މިނެޓް ވަންދެން ހަލުވަމުން ކައްކާލާށެވެ.

6) ދެން ލޮނުމެދު އަދި އިނގުރު ޕޭސްޓާއި ތޮޅި މިރުސް އެއަށް އަޅާލުމަށްފަހުވެސް މިނެޓެއް ވަރު ވަންދެން ހަލުވަމުން ކައްކާލާށެވެ.

7) އެއަށްފަހު ކޭޝޫ-ޓޮމާޓޯ ޕޭސް އަޅާލުމަށްފަހު، މުގުރި މިރުހާއި، ލޮނު އަދި ހަކުރުވެސް އެއަށް އަޅާލުމަށްފަހު އޮލަ ވަންދެން މަޑު މަޑުން ހަކުވަމުން ގްރޭވީ ކައްކާލާށެވެ.

8) ދެން އެއްޖޯޑު ފެން އަޅާލުމަށްފަހު، އެ ތަކެތިން ބޮކި އަރައި ކެކި ގަންނަންދެން ގާތްގަނޑަކަށް 5-3 މިނެޓް ކައްކާލާށެވެ.

9) ކުކުޅު ކޮޅު އަޅާލުމަށްފަހު އެކުލަވާލައި އިތުރު 5 މިނެޓް ކައްކާލާށެވެ.

10) ދެން ގަރަމް މަސާލާއާއި ފެނު ގްރީކް ފަތް އެޅުމަށްފަހު 2-3 މިނެޓް ވަރު ވަންދެން ހަލުވަމުން ކައްކާލުމަށްފަހު މައްޗަށް ހެވީ ކްރީމް އަޅާލާށެވެ.

11) ފަހު ކަމަކަށް ގާނިޝް ކޮށްލުމަށް ކޮރެއަންޑާ ފަތް އަޅާލާށެވެ. ބޭނުންނަމަ އިތުރަށް ހެވީ ކްރީމް ވެސް އެޅިދާނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...