ބަންދުގައި ހުއްޓާ ފިލި މީހާގެ ވަނަވަރު އާއްމު ކޮށްފި
އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ގޮޅިން ނެރެފައި ހުއްޓާ ފިލައިގެން ދިޔަ ފިރިހެން މީހާގެ ވަނަވަރު އާންމު ކޮށްފިއެވެ.
ފުލުހުން ޓްވީޓެއްގައި އާންމު ކޮށްފައިވާ ވަނަވަރުގައި ބުނެފައިވަނީ މި މިހާއަކީ އއ. ހިމަންދޫ /ދަބުގެއަށް ނިސްބަތްވާ، ޙުސައިން ޝަޙްބާން ކިޔާ އުމުރުން 25 އަހަރުގެ މީހެއް ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއާއިއެކު ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދުގައި ހުރި މީހެއް ކަމަަށް ފުލުހުން ވަަނީ ބުނެފައެވެ.
މީގެ އިތުރުން ޙުސައިން ޝަޙްބާން އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް