ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ރަށެއްގެ ފަޅު ތެރެއިން ފެނިއްޖެ
ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފެނިފައިވަނީ މިއަދު 18:35 އެހައިކަންހާއިރު ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އޮފިޝަލް ވިދާޅުވީ އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ޙުސައިން ޝަޙްބާންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޝެއާކޮށްދެއްވި އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދުގައި ހުރި މީހެއް ކަމަަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް