ދަ ޑިމޮކްރެޓްސް ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި
ރައީސް ނަޝީދު އިސްކޮށް ހުންނަވައި ހިނގްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް ގެ ފަރާތުން މި އަހަރުގެ ރިޔާސި އިންތިހާބުގައި ވާދަކުރައްވާ، އިލްޔާސް ލަބީބްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަަޅައިފިއެވެ.
މި އަހަރުގެ ރިޔާސި އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ރަނިންގްމޭޓް އެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ، އެސްޓީއޯގެ އެމްޑީކަން ކުރިން ކުރައްވައިފައިވާ ހުސައިން އަމްރުއެވެ.
އިލްޔާސް ލަބީބްގެ ކެނޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައި ވާއިރު އެ ޕާޓީންވެސް އަންނަނީ ރިޔާސީ އިންތިހާބެ ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ.
ޑިމޮކްރެޓްސް ގެ ފަރާތުން ރިޔާސި އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިލްޔާސް އެކަންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް