ހުސްވެފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޝަހާނާ
ހުސްވެފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މަރިޔަމް ޝަހާނާ، ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި އަބްދުالله ޝިމާޒު އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ
ޝަހާނާގެ ކުރިން މި ސަރުކާރުގައި އެ މަގާމު ދެ ބޭފުޅަކު ފުރުއްވި އެވެ.
އެގޮތުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަނުކުރީ އަބްދުالله ފަޔާޒެވެ. ސިވިލް ސާވިސް ކޮމިޝަނުން ފަޔާޒު އެ މަގާމަށް އައްޔަނު ކުރީ އޭޕްރިލް، 2019، ގައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ، މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ޑިސެމްބަރު، 2020، ގަ އެވެ.
އެފަހުން އެ މަގާމަށް ޝިމާޒު ހަމަޖެއްސީ ޖޫން 2021 ގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް