ޕިއްޒާ ޕައި
ޕިއްޒާ ޕައި
ލައިފްސްޓައިލް 06 Nov 2022 | 04:18

ހަވީރު ސަޔަށާ ހެނދުނު ސަޔަށްވެސް މި ޕައި ބަރާބަރު ވާނެ!

މިއަދު ވޮއިސްގެ ބަދިގެއިން މިގެނެސްދޭ ޓޫނާ ޕިއްޒާ ޕައި އަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ، އަނގަޔަށް އެހާމެ މީރު ޑިޝްއެކެވެ. އެންމެހާ ކިޔުންތެރިންނަށްވެސް މި ޑިޝް ކަމުދާނެކަމަށް އުއްމީދުކުރަމެވެ.

ފުށްގަނޑު ތައްޔާރު ކޮށްލުމަށް ބޭނުންވާ ތަކެތި:

10 ގ ގެ ތިން ބަޓަރ ޕޯޝަން

1 ލާހި ފުށް

ލޮނު ކޮޅެއް

މަސްގަނޑު ތައްޔާރު ކޮށްލުމަށް ބޭނުންވާ ތަކެތި:

1 ދަޅު މަސް

1 ބޮޑު ފިޔާ (ތުނި ކޮށް ކޮށާފައި)

1 ބޮޑު ލޮނުމެދު ( ގާނާފައި)

1 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމުސާ ފުރައިޑު ޗިކަން ޗިލީ ސޯސް

1/2 ސައި ސަމުސާ ސޯޔާ ސޯސް

1 ސައި ސަމްސާ ތެޅި މިރުސް

މޮޒެރެއްލާ ޗީޒު

1 ބިސް

ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

ނޫޑްލްސް ސޫޕް ޕެކެޓު/ ލޮނު

ތައްޔާރު ކުރާނެ ގޮތް

1) ފުށް ގަނޑު ތައްޔާރު ކޮށްލުމަށް ފުށާއި، ބަޓަރ ޕޯޝަނާއި ލޮނާ އެއްކޮށްލުމަށްފަހު، ހޫނުފެން އަޅައިގެން ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ.

2) ޕައިގެ މަސްގަނޑު ތައްޔާރު ކޮށްލުމަށް ފިޔާ، ލޮނުމެދު އަދި ހިކަނދިފަތް މަސްދަޅުގެ ތެޔޮފޮދުތެރޭގައި ކުޑަކޮށް މުށިކުލައަރަންދެން ކައްކާލާށެވެ.

3) އެއަށްފަހު ޓޮމާޓޯ ޕޭސްޓު، ސޯޔާ ސޯސް، ޗިކަން ސޯސް، ލޮނު އަދި ގިތެޔޮ މިރުސް އަޅާލުމަށްފަހު ކުޑަ ފެންފޮދެއްވެސް އަޅައިގެން ދެ މިނެޓު ވަންދެން ކައްކާލާށެވެ.

4) ޕޭސްޓު ގަނޑު ރަނގަޅަށް ކެކުމުން މަސްދަޅު އަޅައި އެއްކޮށްލުމަށްފަހު އިތުރު ދެމިނެޓު ވަރުވަންދެން ކައްކާލާށެވެ.

5) ދެން، މޮޑެފައިވާ ފުށްގަނޑުން ބޮޑު ދެ ފުށްގުޅަ ހަދާލުމަށްފަހު އެއް ފުށްގުޅަ ޕިއްޒާ ފުށްގަނޑު ހުންނަ ބޯމިނަށްވުރެ ކުޑަކޮށް ތުނިކޮށް ފަތުރާލުމަށްފަހު އޭގެ މައްޗަށް މަސްގަނޑު އަޅާލައި ރަނގަޅަށް ހުރިހާ ދިމާއަކަށް އެއްވަރު ވާނެހެން ފަތުރާލާށެވެ.

6) އެއަށްފަހު އޭގެ މައްޗަށް ޗީޒު ގާނާފައި އަޅާލާށެވެ.

7) ދެން، އަނެއް ފުށްގުޅަވެސް ކުރިން ފުށްގުޅައެކޭ އެއްވަރަށް ފަތުރާ ލުމަށްފަހު މަސްގަނޑު މަތީގައި ބޭއްވުމަށްފަހު ޕައިގެ ވަށައިގެން ބަންދުކޮށްލާށެވެ.

8) އެއަށްފަހު އުލެއް ނުވަތަ ޓޫތު ޕިކެއް ޕައިގެ އެކި ތަންތަނަށް ހަރާލުމަށްފަހު މަތީގައި ރޯ ބިސްކޮޅެއް އުނގުޅާލާށެވެ.

9) ދެން އަވަން 180 ޑިގްރީ ސެލްސިއަސް އަށް ބެހެއްޓުމަށް ފަހު ގާތްގަނޑަކަށް 30 މިނެޓު ވަންދެން ޕައިގެ މަތި ރަނގަޅަށް މުށިކުލަ ވަންދެން ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...