ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭހެން 500 މެމްބަރުން ޕީއެންސީއާއި ގުޅިއްޖެ
އިންތިޚާބި ރައީސް ޑރ މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަނަވާ އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގައި ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާއި 500 މެމްބަރުން ގުޅިއްޖެއެވެ.
ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭހެން ޕީއެންސީއާއި ގުޅުނު 500 މެމްބަރުންގެ ފޯމާއި އެ ޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގަތީ އެ ޕާޓީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން އައްޑުއަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް ވަނީ އެޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮއްސައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ޕީޕީއެމް/ޕީއެންސީގ ކޯލިޝަނުގެ ފަރާތުން މަޖިލިހުގެ ބައެއް ގޮނޑިތަކަށްވެސް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓިން އަންނަނީ ވީހާވެސް އަވަހަކަށް އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް