ވަގުތީ ބަދަލެއް: ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި އެވެ.
އެކަން ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. އެ ކައުންސިލުން ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިއީ ބޭރު މަގު ހަދާތީ ޓްރެފިކަށް ލުއި ކުރުމާއި ދުއްވާ މީހުންގެ ފަސޭހައަކަށް ގެނައި ބަދަލެެކެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު ހަދަމުންދަނީ ރަސްމީ ފާލަމުން ފެށިގެން ނަސަންދުރާއާ ހަމައަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް