އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެމްޑީޕީއިން ހާއްސަ އިވެންޓެއް ބާއްވަނީ
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއިން ހާއްސަ އިވެންޓެއް މާލޭގައި ބެއްވުމަށް ނިންމާފިއެވެ.
އެގޮތުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވުމަށް ހަމަ ޖެހިފައިވާ މި އިވެންޓް އޮންނާނި މާދަމާގެ ހަވީރު 4 ޖަހާއިރު ކަމަށް އެ ޕާޓީއިން މައުލޫމާތު ދެއެވެ.
މިޖަލްސާގައި ހުރިހާ ބެފުޅުންވެސް ބައިވެރިވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ގޮވާލައްވާފައެވެ.
އަންހެނުން ބާރުވެރި ކުރުމަށް މި ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލް އިންތިހާބުގެ 33 އިންސައްތަ ގޮނޑި އަންހެނުނަށް ޚާއްސަ ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް