ދަރަވަންދޫއަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަނީ
މޯލްޑިވިއަންގެ ދަތުރުތައް ބ. ދަރަވަންދުއަށް އަލުން ފެށުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ނެރުނު ނޫށްބަޔާނެއްގައި ބުނީ، އަންނަ މަހުގެ 15 ވަނަ ދުވަހު ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް އެތެރޭގެ އުދުހުންތައް އަލުން ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ.
ދިގު މުއްދަތަކަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް އަލުން ފަށާއިރު، ދުވާލަކު އެއް ފްލައިޓް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
މިއަދުން ފެށިގެން ދަރަވަންދުއަށް ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ.
މޯލްޑިވިއަންއިން ބުނީ، މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް، ކޯލް ސެންޓަރ އަދި ޓިކެޓް ވިއްކަން ހުއްދަ ދީފައިވާ ފަރާތްތައް މެދުވެރިކޮށް ޓިކެޓް ނެގޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް