ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުالله-- ފޮޓޯ/ މަޖިލިސް
ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުالله-- ފޮޓޯ/ މަޖިލިސް
ހަބަރު 07 Jun 2023 | 12:19

ސަރުކާރު ދެކެ އީވާ ރުޅި އައީ އެމްޑީއެން އުވާލީމާ: ޔައުޤޫބު

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އީވާ އަބްދުالله އަދުގެ އެމްޑީޕީ ސަރުކާރާއި މެދު ނުރުހުންވެ ވަޑައިގެންނެވީ، އިސްލަމްދީނުގެ އަސްލުތަކާއިމެދު ސުވާލު އުފައްދާ، ކީރިތި ރަސޫލާ ކުޑައިމީސްކުރި، މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުނި މެނޭޖް ކުރުމުގެ ބިލަށް ބަހުސް ކުރެވެމުންދިޔައިރު، އިދިކޮޅު ފަރާތްތަކާއި، ސަރުކާރުގެ މެންބަރުންވެސް ދިޔައީ އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވައި ވައްކަމުގެ ވާހަކަދައްކަވައި، މައުލޫ އާއި ނުގުޅޭ އެހެންވެސް ވާހަކަ ދައްކަވާފައެވެ.

އެގޮތުން، ދާންދޫ ދާއިރާގެެ އެމްޑީޕީ މެންބަރު ޔައުގޫބްވެސް އެ ބިލަށް ބަހުސް ކުރައްވަން ފެއްޓެވީވެސް، މީގެ ކުރިން، ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުގައި، ދިވެހި ރާއްޖެ ކުނި ކޮށްފައިވާ ކަމަށާ، އެ ކުނި ސާފު ކުރީ މިސަރުކާރުން ކަމަށް ބުނެ، އަދުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވަމުންނެވެ. އެއާއެކު، އޭނާ ވަނީ، އެމްޑީޕީ 'ކުނި' ކުރި މެންބަރުންތައްވެސް، އެމްޑީޕީން ވަކިވިކަމީ އެޕާޓީ ސާފު ވެގެން ދިޔަ ކަމެއް ކަމަށާ، އޭގެ ސަބަބުން ރިޔާސީ އިންތިހާބުވެސް އެޕާޓީއަށް ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު އޭނާ ވަނީ، މަޖިިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މިއަދުގެ ޖަލްސާގައި ސަރުކާރުގެ ވައްކަންތަކުގެ ވާހަކަ ދެއްކެވިކަން ފާހަގަކުރައްވައި، ހަސަން އަފީފުގެ މައްޗަށްވެސް ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ އަފީފަށް އަދުގެ ސަރުކާރު ކަމު ނުދިޔަ ސަބަބަކީވެސް، ވައްކަން ހުއްޓުވުމުން ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ސަރުކާރައި މެދު ހިތްހަމަނުޖެހުން އޮތީ، މެޑިކަލް މާފިއާ، އެ މާފިއާގެ ގޮތުގައި، އެ ކުރަމުން އައި ޒަމާނުއްސުރެން ކުރަމުންއައި ވިޔަފާރި، މިސަރުކާރުން، އެކަން ހުއްޓުވީތީވެ، އެކަމަށް ފުރުސަތު ނުދިނީތީވެ. އެކަމާއި ރުޅިއައިސްގެން. ރާއްޖޭގެ ހުރިހާ ރައްޔިތުން ފެލާލާފައި، އެ ވިޔަފާރި ވަކި ފަރާތަކަށް މީގެ ކުރިން ދެމުން އައި ދިނުން ހުއްޓާލީމާ، އެކަމާއި ސަރުކާރު ދެކެ ރުޅިއައީ.

ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުالله

ޔައުޤޫބްގެ އެވާހަކަ އާއި ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ އަފީފް އަކީ ވައްކަމުގެ ތުހުމަތު އޮތް ބޭފުޅެއް ނޫން ކަމަށާ، އޭނާ އަކީ ވައްކަން ކުރާ މީހެއްނަމަ، މިހާރު ހުންނާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގެ) ވެސް ވަނީ އަދުގެ ސަރުކާރުން ވެންޓިލޭޓަރ ގެ މައްސަލާގައި ކޮށްފައިވާ ވައްކަމުގެ ވާހަކަދައްކަވާފައެވެ.

ނިޒާމީ ނުކުތާ ތަކަށްފަހު، ޔައުޤޫބު އަނެއްކާވެސް ވާހަކަދައްކަވަން ފެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله އަދުގެ ސަރުކާރާއި މެދު ނުރުހުންވި ސަބަބު ހާމަކޮށްދެއްވަމުންނެވެ.

"މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ސަރުކާރާއިމެދު ހިތްހަނުޖެހިގެން މިއުޅެނީ، އެމްޑީއެން އުވާލި މައްސަލާގައި."

ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުالله
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله--ފޮޓޯ/ މަޖިލިސް

އީވާ ސަރުކާރާއި މެދު ހިތްހަމަނުޖެހުނީ އެމްޑީއޭން އުވާލީމާ ކަމަށް ޔައުގޫބް ވިދާޅުވެފައިވާއިރު، މި ސަރުކާރުން އެ ޖަމިއްޔާ އުވާލިކަމަށް ބުނި ފަހުންވެސް އެ ޖަމިއްޔާގެ ނަމުގައި ވަނީ ބަޔާން ނެރެފައެވެ.

އެގޮތުން، އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން ފާއިތުވި އަހަރު ކުރިއަށް ގެންދިޔަ ޔޯގާ ޑޭ ހަރަކާތް ޒުވާނުން ނުކުމެ ހުއްޓުވުމާއި ގުޅިގެން އެކަމާމެދު ނުރުހުން ފާޅުކޮށް އެ ޖަމިއްޔާއިން ވަނީ ބަޔާން ނެރެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.