ހެނދުނު ސަޔަށް ސިއްހަތަށް ފައިދާ ހުރި، އެވަކާޑޯ ސްމޫތީ ތައްޔާރު ކޮށްލަމާ
ހެނދުނު ސަޔަށް އެވަކާޑޯ ސްމޫތީ އެއް ބުއިލުމުން ދުވަސް ފެށިގެންވެސްދާނީ ސިއްހަތަށް ފައިދާ ހުރި ބުއިމަކުންނެވެ. އެވަކާޑޯ ސްމޫތީ އަކީ ތައްޔާރު ކޮށްލަންވެސް ވަރަށް ފަސޭހަ ބުއިމެކެވެ.
ބޭނުންވާ ތަކެތި
1 ދޮންކެޔޮ (ކޮށާފައި ފްރީޒް ކޮށްފައި)
1 ޖޯޑް އަން-ސްވީޓެންޑް އަލްމަންޑް މިލްކް
1/2 އެވަކާޑޯ
3 ސައި ސަމުސާ މާމުއި
1 ޕެޝަން ފުރުޓް (ބޭނުން ނަމަ)
އައިސް ކިޔުބު
ތައްޔާރުކުރާނެ ގޮތް
1) އައިސް ކިޔުބު ފިޔަވައި ދެން ހުރި ހުރިހާ ތަކެއްޗެއް މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. ފޮނި މަޑު ނަމަ އިތުރަށް މާމުއި ނުވަތަ ހަކުރު އެޅިދާނެ އެވެ.
2) ދެން ތައްޓަކަށް ސްމޫތީ އަޅާލުމަށްފަހު ބޭނުން ވަރަކަށް އައިސް ކިޔުބު އަޅާލާނީއެވެ. އެވަކާޑޯ ސްމޫތީ އެހުރީ ތައްޔާރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް