ކުރީގެ ރައީސް، އަދި ރައީސް ޔާމީންގެ އެޑްވައިޒަރ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ކުރީގެ ރައީސް، އަދި ރައީސް ޔާމީންގެ އެޑްވައިޒަރ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ހަބަރު 07 Aug 2023 | 13:44

ރައީސް ޔާމީނުގެ ނިންމުމަށް ޑރ ވަހީދު ޝުކުރުއަދާކުރައްވައި މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެ

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ މުހައްމަދު މުއިޒުއަށް ތާއީދު ކުރެއްވުމަށް ކުރިގެ ރައީސް ޔާމީން ނިންމެވި ނިންމެވުމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ޝުކުރު އަދާކުރައްވައިފިއެވެ.

ޑރ މުހައްމަދު ވަހީދު ހަސަންމަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީންގެ ނިންމެވުމަށް ޝުކުރު އަދާކުރައްވައި، ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒުއަސް ވަނީ މަރުހަބާވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވުނު ބޭފުޅެކެވެ. އެ މަނިކުފަނުންގެ ކުށުގެ ރިކޯޑުވެސް ސާފުކުރެއްވުމަށް ހުށަހެޅި އިރު، ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަންވެސް ވަހީދުވަނީ ހާމަކުރައްވައިފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިމެނޭގޮތަށް މި އަހަރުގެ ރިޔާސި އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެންމެ އިލެކްޝަންސް ކޮމިޝަނަށް ފުރަތަމަ ހުށަހެޅީ ރައީސް ޔާމީން ގެ ކެންޑިޑެސީއެެވެ. އެހެން ނަމަވެސް އެ މަނިކުފާނަށް އިންވާފައިވާ ޖަލު ހުކުމާއި، އެ ހުކުމާއި ގުޅިގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައި އޮތް ދަރަނީގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑޭސީ ބަަލއި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން އެ ކޯލިޝަނަށް އެންގިއެވެ.

މި ނިންމުން ގަބޫލު ނުކުރާކަމަށްބުނެ ޕީޕީއެމް ގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދިވެސް މެއެވެ. އެހެން ނަމަވެސް އެ ކޯޓުންވެސް ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ކަނޑައެޅުމާއެކު މިއަހަރުގެ އިންތިހާބުގައި ވާދަކުރުމަށް ޔާމީނަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ.

ޕީޕީއެމް އިން ފުރަތަމަ ބުނެފައިވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ފަރާތުން އިތުރު ކެނޑިޑޭޓަކު ނިކުމެ ވަޑައިގަންނަވާނެކަމަށެވެ. އަދި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުއިއްޒުއަކީ ކޯލިޝަންގެ ޕްލޭން ސީ ކަމުގައި ޑރ ޖަމީލްވެސް އޭރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީނަށް އިންސާފު ގާއިމްކޮށް ނުދެވުނުކަމަށް ބުނެ މިއަހަރުގެ ރިޔާސި އިންތިހާބު ބޮއެކެޓް ކޮށްލުމަށް އެ މަނިކުފާނު ޕީޕީއެމްއަށް ގޮވާލެއްވިއެވެ.

މިކަމާއިމެދު ގޮތެއް ނިންމުމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު އެ ނިންމުން ބަދަލުކުރެއްވުމަށް ރައީސް ޔާމީނަށް ލަފާ އެރުވުމަށް ނިންމެވި ނަމަވެސް އެ ނިންމެވުން އެ މަނިކުފާނުން ބަަލައި ނުގަންނަވާކަން ރޭގެ އިރާކޮޅުގެ ވަގުތެއްގައި ފޯނުން އަނބިކަނބަލުންނަށް ވަނީ އަންގަވާފައެވެ.

އަނެއްކާވެސް ސެނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމީ، އިންތިހާބު ބޮއެކޮޓް ކުރުމަށް ނިންމެވި ނިންމުން ބަދަލުކުރެއްވުމަށް ރައީސް ޔާމީނާއި މަޝްވަރާކުރެއްވުމަށެވެ.

އެޔާއެކު އެ މަނިކުފަނުގެ ނިންމެވުން ބަދަލުކުރައްވައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކީ ޑރ މުހައްމަދު މުއިއްޒުކަމަށް ކަނޑައަޅައި އެ ބޭފުޅާއަށް ރައީސް ޔާމީންގެ ފުރިހަމަ ތާއީދު އޮތްކަން މިއަދު ވަނީ އިއުލާނުކުރައްވައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.