އިސްލާމީ ޔުނިވާސިޓީއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތަކަށް ހަނދާނީ ފިލާ އަރުވަނީ
އިސްލާމީ ޔުނިވާސިޓީއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތަކަށް ހަނދާނީ ފިލާ އަރުވަނީ
ހަބަރު 07 Aug 2023 | 16:36

ދިގު މުއްދަތަކަށް އިސްލާމީ ޔުނިވަރސިޓީއަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށްފި

20 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވައިފިއެވެ.

މި ފަރާތްކަަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ ކްރޮސްރޯޑްސް ގައި "އަރަބިއަން ތީމް" އަށް ބޭއްވި އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންގެ ރޭ " ސުވާސްތި" ހަފްލާގައެވެ.

މި ހަފްލާގައި އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންގެ އިތުރުން އެ ޔުނިވަރސިޓީއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ގިނަ އަދަދެއްގެ ޢިއްޒަތްތެރިން ވަނީ ބައިވެރިވެފައެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ޝަރަފްވެރިކޮށްދެއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، ގިނަ ދުވަސްވަންދެން މުއައްސަސާއަކަށް ކޮށްދެވޭ ޚިދުމަތުގެ އަގު ވަޒަންކުރެވެންޖެހޭނެ ކަމުގައްޔާއި އެ ޔުނިވަރސިޓީގެ ފަރާތުން ތަނުގެ ޚިދުމަތްތެރިންގެ އަގު އަބަދުވެސް ވަޒަން ކުރައްވާނެކަމުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތައް: (ވަޒީފާއާއި ގުޅިވަޑައިގަނތް މަގާމް އަދި ތާރީޚާއެކު)

އިބްރާހިމް ރަސީދު މޫސާ / އެސިސްޓެންޓް ޑިރެކްޓަރ (9 ނުވެމްބަރު 1980 - 20 ޑިސެމްބަރު 2015)

މަރްޔަމް ސަޢީދާ / 2 ނަމްބަރު ކާތިބާ (26 އޭޕްރީލް 1984 - 15 އޯގަސްޓް 2016)

މުހައްމަދު ޝިނާން މުނީރް / ޤުރްއާން މުދައްރިސް ( 27 މާރިޗް 1991)-

އާދަމް ނަސީރު އިބްރާހިމް / ސަރުދާރު ( 11 އޮގަސްޓް 1992)

މުޙައްމަދު ނަޢީމް އަޙްމަދު ފިކްރީ / ޤުރްއާން މުދައްރިސް ( 13 ޖޫން 1994)

އަޙްމަދު ރައޫފް އަބްދުﷲ / ތަރުބިއްޔާ އިސްލާމިއްޔާގެ މުދައްރިސް ( 19 އޭޕްރީލް 1998)

އާޤިސާ ޢަލީ / ތަރުބިއްޔާ އިސްލާމިއްޔާގެ މުދައްރިސް ( 19 އޭޕްރީލް 1998)

އާބިދާ މުހައްމަދު / 2 ނަމްބަރު ކާތިބާ (12 އޮގަސްޓް 1990 - 30 ސެޕްޓެމްބަރު 2015)

އަހްމަދު ރަޝީދު ޢަބްދުލް ޤާދިރު / ޤުރްއަން މުދައްރިސް (05 ޖަނަވަރީ 1984 - 2012)

ޢާއިޝަތު ހުސައިން / 2 ނަމްބަރު ކާތިބާ ( 03 އޮގަސްޓް 1985 - 2009)

އަހްމަދު ޢިއްޒަތު ސިދުޤީ / އެޑްމިނިސްޓްރޭޓަރ ( 1 މާރިޗް 1986 - 2009)

އިބްރާހިމް ފައުޒީ / ދިވެހި މުދައްރިސް / 13 ފެބްރުއަރީ 1985 - 1 މެއި 2008)

ފަރީދަ މުހައްމަދު / ސެކަންޑްރީ ޓީޗަރ (1 ޖަނަވަރީ 2001 )

ނިޒާމާ ނިޒާރު / ކާތިބް (19 ޖުލައި 2001)

މޫސާ މާހިރު / އިލެކްޓްރީޝަން (10 މާރިޗް 2002)

އަލީ އިބްރާހިމް ދީދީ / ޤުރްއާން މުދައްރިސް ( 26 މާރިޗް 1997

މީގެ އިތުރުންވެސް ޔުނިވަރސިޓީގެ މަސައްކަތް ތަކުގައި ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް ވަނީ ކެޓަގަރީތަކަކަށް ބަހާލެވިގެން އެވޯޑު އަރުވައިފައެވެ.

އޭގެ ތެރޭގައި:

ބެސްޓް ޕަރޓް ޓައިމް ލެކްޗަރަރ : ބިޝާރަ އާދަމް

އައުޓް ސްޓޭންޑިނގް ލެކްޗަރަރ 2020 : ޚައިލަތު ސަޢީދު

އައުޓް ސްޓޭންޑިނގް ލެކްޗަރަރ 2023 - 2022 : ވިސާމާ ހަސަން

އެކްސެލެންސް އިން ކޮމިއުނިޓީ އެންގޭޖްމަންޓް 2020 : އަރޫޝާ މާހިރު

އެކްސެލެންސް އިން ކޮމިއުނިޓީ އެންގޭޖްމަންޓް 2021 - 2022 : ސާމިޔާ ޒަކަރިއްޔާ

އައުޓްސްޓޭންޑިންގް އެޑްމިނިސްޓްރޭޓިވް ސްޓާފް : ޝައްފަ އިބްރާހިމް

އައުޓް ސްޓޭންޑިންގ ރިސަރޗަރ: ޑރ ވިސާލް މޫސާ

ރިސަރޗް އައުޓްޕުޓް 2020 : ޑރ ފާޠިމަތު މުނާ

ރިސަރޗް އައުޓްޕުޓް 2021 - 2022 : ޑރ އާއިޝަތު ވަހީދާ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ރާއްޖޭގައި ދީނި ތައުލީމުދޭ އެންމެ ބިޔަ މުއައްސަސާވެސް މެއެވެ. އެ ޔުނިވަރސިޓީފެ ފަރާތުން މިހާރު އަންނަނީ ތަފާތު ގިނަ ދާއިރާތަކުން ކޯސްތައް ތައާރަފުކޮށް ހިންގަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ
15 Oct 2026 ހަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މި މަޝްރޫއުން ތިން ދާއިރާއަކުން ބެޗެލާސް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ. ފިޝަރީޒް ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒް އިން ދެ މާސްޓާސް ޖާގައާއި، އެކުއާކަލްޗަރާއި ފިޝަރީޒް ސައިންސާއި މެރިން ސައިންސް ފަދަ ދާއިރާތަކުން ތިން ބެޗެލާސް ޖާގަ ހިމެނެއެވެ. މެރިން ރިސަރޗާއި މެރިކަލްޗަރ ދާއިރާއިން ތިން މާސްޓާސް ޖާގައާއި އެއް ބެޗެލާސް ޖާގަ ހުޅުވާލާފައިވާ އިރު، އެގްރިކަލްޗަރ ދާއިރާއިން އެއް މާސްޓާސް ޖާގައާއި ތިން ބެޗެލާސް ޖާގަ ހިމެނެއެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި
15 Oct 2026 ހަބަރު

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ. ޕީސީބީން ބުނީ އެ މަގާމުމް ނަޒީމް ވަކިކޮށް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ )ރިޓަޔާޑް( އަޙުމަދު ސަޢުދީ ވަނީ އި އްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.