އަރަބިއްޔާގ ސްކޫލުގެ ބެލެނިވެރިންނާއި ޑރ މުއިއްޒު ބައްދަލުކުރެއްވުން
އަރަބިއްޔާގ ސްކޫލުގެ ބެލެނިވެރިންނާއި ޑރ މުއިއްޒު ބައްދަލުކުރެއްވުން
ހަބަރު 07 Sep 2023 | 09:24

ޑރ މުއިއްޒުގެ އުންމީދީ ވައުދުތަކެއް އަރަބިއްޔާ ބެލެނިވެރިންނަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަދުރަސަތުލް ޢަރަބިއްޔަތިލް އިސްލާމިއްޔާގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައި އުއްމީދީ ވައުދުތަކެއް ވެފައިވާ ކަމުގައި އެ ސްކޫލުގެ ބައެއް ބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލުގެ ހައްގުގައި އަޑު އުފުލުމަށް ޓަކައި ހަދާފައިވާ "އަރަބިއްޔާ ފެމެލީ" ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެބެލެނިވެރިން ބުނެފައިވަނީ ޑރ. މުއިއްޒު އެބޭފުޅުންނާއި އެކު ބޭއްވި ކުއްލި ސަޕްރައިޒް ބައްދަލުވުމެއް ބާއްވައި ވެވަޑައިގެން ވައުދުތަކުގެ ތަފްސީލު މިއަދު ހާމަކުރާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލާއި މެދު ސަރުކާރުން އިހުމާލުވެފައިވާކަމަށާއި އަރަބިއްޔާ ސްކޫލަށް ސަރުކާރުން ދިނީ ދޯކާ ކަމުގައި ވިދާޅުވެ މުއިއްޒު ވަނީ، ވެރިކަން ލިބިއްޖެ ނަމަ އެ ސްކޫލު މާލޭގެ ރަނގަޅު ބިމެއްގައި އަޅުއްވާނެކަމަށް، މިހާރު ކުރިއަށްދާ ކެމްޕެއިންގައި މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ޢަރަބިއްޔާ ސުކޫލުގެ ކުރީގެ އިމާރާތުގައި ރެނދުއަޅައި އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމެއް ނޫންކަމަށް ފެނުމުން ދަރިވަރުން ބަދަލުކޮށްފައިވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތަށެވެ. އެ އިމާރާތަށް ވަގުތީ ގޮތުން ކުދިން ބަދަލުކުރުމުގެ ކުރިން ރައީސް ޞާލިޙުވަނީ ޢަރަބިއްޔާގެ އައު އިމާރާތެއް ބިނާކުރައްވަން ވައުދުވެވަޑައިގެންފައެވެ.

ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދުކަމަށްވެސް ޑރ މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.