މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިއްޖެ!
އއ.މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް މިއަދު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ލޯންޗު ފެނުނުއިރު ލޯންޗުގައި އެއްވެސް މީހަކު ނެތް ކަމަށް އެ އިދާރާއިން ބުންޏެވެ.
އެހެންކަމުން، އެ ލޯންޗާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށްވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް