ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓާއިމެދު ސުލޫކީ ފިޔަވަޅުއެޅުމަށް ނިންމައިފި
ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ހދ.ނޮޅިވަރަންފަރު އަދި ހދ.ނޮޅިވަރަން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާޢީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮތް ކަމަށެވެ.
އަދި އެ މައްސަލަތައް ޝެޑިއުލްކޮށް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް ސާބިތުވެސް ވެފައި ވުމުން، މެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ޖޭއެސްސީން ފާހަގަކޮށްފައި ވެއެވެ.
އެހެން ކަމުން އެ ކޮމިޝަނުން ވަނީ، ފަނޑިޔާރު ޢަލީ އަހުމަދަށް ކަމާގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށް އެންގުމަށް 2023 އެ ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް