ފަރާޓާ--ފޮޓޯ/ގޫގުލް
ފަރާޓާ--ފޮޓޯ/ގޫގުލް
ލައިފްސްޓައިލް 07 Dec 2022 | 03:59

ތަކެތީގެ އަގުބޮޑުވާއިރު ފަރާޓާވެސް ދެން ގޭގައި ތައްޔާރުކުރަން ދަސްކޮށްލަމާ!

ތަކެތީގެ އަގުތައް މިހާރު އަންނަނީ އިންތިހާއަށް މައްޗަށް އުފުލެމުންނެވެ. އެހެންކަމުން ފަރާޓާ ފަދަ ތަކެތި ގަނެގެން ކެއުން މިވަނީ އަތުން އެތައް ޚަރަދެއް ދާ ކަމަކަށްވެފައެވެ. އެހެންކަމުން 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ މާ ބޮޑު ޚަރަދެއް ނުކޮށް މީރުކޮށް ގޭގައި ފަރާޓާ ތައްޔާރު ކޮށްލާނެ ގޮތެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

3 ޖޯޑު ފުށް

1 ބިސް

1 ސައި ސަމުސާ ހަކުރު

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

1/2 ސައި ސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
ތާފަނާ ފެން 
8 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ އޮލިވް އޮއިލް (ފަރާޓާ ފިހާއިރު އުނގުޅަން) 
8 ބަޓަރ ޕޯޝަން/ 8 މޭޒުމަތީ ސަމުސާ ގިތެޔޮ (ފަރާޓާ ތައްޔާރު ކުރާއިރު އުނގުޅަން)

ތައްޔާރުކުރާނެ ގޮތް

1) ބޭކިންޕައުޑަރު އެއްކޮށްގެން ފުރާނައިފައިވާ ފުށާއި، ހަކުރާއި، ލޮނާއި، ކުކިންގ އޮއިލް އާއި ކުކުޅުބިސް އެއްކުރުމަށް ފަހު، ފެން އަޅައިގެން މޮޑެލާށެވެ.

2) ރަނގަޅަށް ފުށްގަނޑާ އެކުވީމައި، ފުށްގަނޑު އެއްޗަކަށް ލާފައި އޭގެ މަތިޖަހައިފައި، ވިހި މިނެޓު ވަންދެން ފުށްގަނޑު ބަހައްޓާށެވެ.

3) ވިހި މިނެޓު ފަހުން، އަނެއްކާ ވެސް މޮޑެފައި އަށް ގުޅައަށް ބައި ކުރުމަށްފަހު ދެމޭ އެންމެ ތުނިކޮށް ރޮށި ދަމާ ގޮތަށް ދަމާލާށެވެ.

4) ދެން އެ ދެމި ފަރާޓާ މަތީގައި ބަޓަރ ޕޯޝަންއެއް ނުވަތަ 1 މޭޒުމަތީ ސަމުސާ ގިތެޔޮ ހާކާލާށެވެ. އެއަށްފަހު އޭގެ މަށްޗަށް ހިކި ފުށްކޮޅެއް ބުރުވާލާށެވެ.

5) ދެން، އޭގެ މެދުގައި ލޯވަޅެއް އަޅައިފައި އެތެރެއިން ބޭރަށް ވައްކޮށް އޮޅާލާށެވެ.

6) އެއްކޮށް އޮޅައި ނިމުމުން، އުޅާލި ހަދާ ގޮތަށް ވައްކޮށް އޮޅައިލާށެވެ.

7) ދެން ބޭނުންވާ ސައިޒަކަށް (ރޮށިދަމާ އެތީގައި) ފަރާޓާ ދަމައިލާށެވެ.

8) އެއަށްފަހު ރޮށި ފިހާ ތަވާ މަތީގައި، ގިތެޔޮ ސަމުސަލެއް ނުވަތަ އޮލިވް އޮއިލް ސަމުސަލެއް ހާކާލުމަށް ފަހު، ފަރާޓާ ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...