ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަން އެެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާސަމީތައް ތިން ދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.
އެސްޓީއޯ ހެލްތް ކެއާ އިން މިރޭ ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޑެޓްގެ ދަށަށް ބަދަލުކުރަން މި މަހުގެ 24, 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދަން ފާމަސީތައް ބަންދުގވާނެ ކަމަށެވެ.
ނަމަވެސް އިމާޖަންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް