ބޮޑު އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން އިއްޔެ ހިންގި ބޮޑު އޮޕަރޭޝަނެއްގައި 11.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މި އޮޕަރޭޝަން އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ މާލޭގެ ހަތަރު ތަނަކާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 11.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އޮޕަރޭޝަންގައި އަތުލައިގަތީ ކެނަބިސް ކަމަށާ، އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގެ ތަހްގީގު ކުރިއަށްދާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް