ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިންމައިލެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް: ޣައްސާން
"ޖޯޝު"ގައި ނުޖެހި ޕީޕީއެމްގެ ޕްރައިމަރީ ނިންމައިލެވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު، އަދި ޕީޕީއެމްގެ ނައިބުރައީސް މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ޕްރައިމަރީ ނިންމުމާއި ގުޅިގެން ޣައްސާނު ކުރެއްވި ޓުވީޓެއްގައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ދަންވައިފައެވެ. އަދި ނާކާޟިޔާބީއާއި ކުރިމަތިލާން ޖެހުނު ފަރާތްތަކަށް ހިތްވަރު ދެއްވައި ޣައްސާނު ވަނީ އެފަރާތްތަކުން ދެއްކި ހިތްވަރަށް ތައުރީފުކުރައްވައިފައެވެ.
ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިންމާލެވުމަކީ ލިބުނު ކާމިޔާބެއް ކަމަށް ޣައްސާނު ވިދާޅުވި އިރު، އެމްޑީޕީގެ ޕްރައިމަރީގައި ގއ. އަތޮޅުގެ ވޯޓްފޮށިތައް ވަނީ އަންދާލާފައެވެ.
އެކަން ފާހަގަކުރައްވައި އެމްޑީޕީގެ ރައީސް މުހައމްަދު ނަޝީދު ވިދާޅުވެފައިވަނީ ވޯޓްފޮށިތައް އަންދާލީ ޖޯޝުގައި ޖެހިގެން ކަމަށާއި ދެން އިންތިހާބެއް ބޭއްވިޔަސް އެކަން ތަކުރާރުވެދާނެ ކަމަށެވެ.
އަދި ވޯޓްފޮށިތައް އަންދާލީ އެމްޑީޕީން ބުނެގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް