މަނަދޫ މަރު: ހުއްދަނެތި ރަށަށް އަރައިފޭބުން މަނާ ކޮށްފި
ނ މަނަދޫ ގެއަކުން އަންހެނަކު މަރުވެފައި އޮއްވައި ފެނި، މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ތަހްޤީޤަށްޓަކައި ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
މަނަދޫ ގެއެއްގައި އެކަނި ދިރިއުޅޭ 62 އަަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން އިއްޔެ 18:13 އެހާއިރު އޭނާގެ ފުލުހުންނަށް ރިޕޯޓް ކުރި އެވެ.
ފުލުހުންނަށް އޭނާގެ އާއިލާއިން ކުރި ރިޕޯޓާއި ގުޅިގެން އެއަންހެންމީހާ ދިރިއުޅެމުންދިޔަ ގެޔަށް ފުލުހުން ގޮސް އެގޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ފުލުހުން ވަނީ ވަދެފައެވެ. އަދި އޭރު އެއަންހެން މީހާ އެކޮޓަރީގެ ބިންމަތީގައި މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ.
އެމަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިގެން ފުލުހުން މިހާރު ވަނީ ހުއްދަނެތި އެރަށަށް އަރައިފޭބުން މަނާކޮށްފައެވެ. އޭގެ އިތުރުން ރަށަށް އަންނަ ފަރާތްތަކުންވެސް ފުލުހުންނަށް އެންގުމަށް ފަހު ރަށަށް އެރުމަށް ވަނީ އަންގައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް