ޖޭޕީގެ އިސްވެރިންނާއި ފިކުރެއްގެ ދިރުމުގެ ބައިވެރިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޖޭޕީގެ އިސްވެރިންނާއި ފިކުރެއްގެ ދިރުމުގެ ބައިވެރިން/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު 08 Apr 2023 | 08:26

ރައީސް ނަޝީދާއި ފިކުރެއްގެ ދިރުމުގެ ބައިވެރިން އެމްޑީޕީ ދޫކޮށްލަން ތައްޔާރުވެއްޖެ: ޝަރީފު

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ތެރެއިން ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުމުގެ ބައިވެރިން އެމްޑީޕީ ދޫކޮށްލަން ތައްޔާރުވެއްޖެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އެ ޕާޓީގެ އިސް ބައެއް ފަރާތްތަކާއެކު ނަޝީދާއި އޭނާގެ ޓީމުގެ ބޭފުޅުން ބޭއްވި ރޯދަވީއްލުމަކަށް ފަހު ނަގާފައިވާ ފޮޓޯއެއް ޓްވީޓާ ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝަރީފު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ޤަބޫލުފުޅު ނުކުރެއްވި ނަަމަވެސް އަމިއްލަފުޅަށް ވެރިކަމަށް ނިކުތުމުގެ ހިތްވަރު ނަޝީދުގެ ކިބައިގައި ނެތް ކަމަށެވެ.

މިހާރު ފިކުރެއްގެ ދިރުން ފެނިގެންދަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރުއެމް ފަދަ ކުޑަ ޕާޓީއެއްގެ ގޮތުގައި ކަމަށް ޝަރީފު ސިފަކުރެއްވި އެވެ.

ފިކުރެއްގެ ދިރުން ވަކި ސިޔާސީ ޕާޓީއަކަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަން ފަށައިފިކަމަށާއި، އެ ގޮފީގައި ތިއްބެވި ފަރާތްތައް އެމްޑީޕީން ނިކުތުމަށް ތައްޔާރުވެއްޖެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުން މެކުހަށް ޖަހައިފި. އަމިއްލައަށް ވެރިކަމަށް ކުރިމަތިލުމުގެ ހިތްވަރެއް ނެތް. އެމް.އާރު.އެމް ފަދަ ކުޑަ ޕާޓީއަކަށް ވާތަން މި ފެންނަނީ. އޭގެ ކޮޅުމަތި ފެންނަން ފަށައިފި. އެމްޑީޕީ ދޫކޮށްފަ ދާން ރެޑީވެއްޖެ"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝިދާއި އޭނާގެ ވަފާތެރިން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުުމުގެ ބަދަލުގައި ޤާސިމަށް ތާއީދުކުރަން ނިންމާފަ އެވެ.

ނަޝީދު ފެކްޝަނާއި ޖޭޕީއާއެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ފިކުރެއްގެ ދިރުމުން ބުނެފައިވަނީ ޖޭޕީއާއި ގުޅިގެން މަޖިލީހުގައި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއްވެސް ހެދުމުގެ މަސައްކަތް ކުރާކަމަށެވެ.

ނަޝީދުއާއި އޭނާގެ ވަފާތެރިން ގެންދަވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭކަމަށް ވިދާޅުވެ ވަކާލާތުކުރައްވަމުން ނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.