މީ ބަންގްލަދޭޝް ޑޮކްޓަރުން، މާދަމާ ޑިއުޓީއަށް ނިކުންނާނެ: އެމްއެންޑީއެފް
ހުޅުމާލޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންކަމަށް ބުނެ ފަތުރަމުންދާ ވާހަކަ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އިން ދޮގުކޮށްފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާ ޕޮޓޯއިން ފެންނަ މިލިޓަރީ ޔުނިފޯމްގައި ތިބި ދެ ސިފައިން ނިސްބަތްވަނީ އަވަށްޓެރި ބަންގްލަދެޝްއަށްކަމަށް އެމްއެންޑީއެފްގެ މީޑިއާ އާޒިމް ވަނީ ވިދާޅުވެފައެވެ.
"މީ ބަންގްލަދޭޝްގެ ޑޮކްޓަރުން ކަރަންޓީން ނިންމާފައި ހުޅުމާލެ ގެސްޓްހައުސްއަށް އައީ. މާދަމާ އެ ޑޮކްޓަރުން ޑިއުޓީއަށް ނިކުންނާނެ" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބަންގްލަދޭޝްއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ކާޑުގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް