ޕީޕީއެމް/ޕީއެންސީގެ ބަދަހި ލަޝްކަރުން މަގުތައް ފުރާލައިފި
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާއި އެކު އެ ކޯލިޝަންގެ ބަދަހި ލަޝްކަރު މާލޭގެ މަގުތައް ފުރާލައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ނިންމުގެ ގޮތުން ބާއްވާ ދިވެހިންގެ ނިންމުން ހިނގާލުން މިހާރު ކުރިއަށް ދާއިރު މި ހިނގާލުމުގައި ޕީޕީއެމް ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ގޮތުން އެމްޑީޕީގެ ފަރާތުންވެސް އުސްފަސްގަނޑުގައި ހަރަކާތެއް ހިންގަމުން ދާއިރު ދަ ޑިމޮކްރެޓްސްގެ ފަރާތުން ފަސްގަނޑުގައި ދަނީ ހަރަކާތެއް ހިންގަމުންނެވެ. މީގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމްގެ ކެމްޕެއިން ހިނގާލުމެއް މިއަދު ކުރައަށްދެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު މިއަދު ހަވީރު 6 ގަޑި ސުންމިނެޓްގައި ބަންދުވާނެ އެވެ. އޭގެ ފަހުން ކެމްޕެއިންގެ އެއްވެސް އެއްވެސް ހަރާކާތެއް ކުރިއަށް ގެންދިއުމަކީ މަނާކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް