ތުރާކުނުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ
ހއ.ތުރާކުނުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ތުރާކުނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
މި މިސްކިތް އެޅުމަށް މައިކްރޯން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް 23 ވަނަ ދުވަހުއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް