މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެންޓްފޯޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެންޓްފޯޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 08 Oct 2023 | 04:21

އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން، ޔުނައިޓެޑަށް އުނދަގޫ މޮޅެއް

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި އެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާއިރު، މިމެޗަށް ނުކުތްއިރު އެޓީމު އޮތީ 7 މެޗުން ލިބުނު 9 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައިގައެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބްރެންޓްފޯޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު މެތިއަސް ޖެންސެން އެވެ. މިއީ އެޓީމުގެ ކޮންގޯ ފޯވާޑް ޔޯން ވިސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓްޑުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިމެޗުގައި ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ސްކޮޓްލޭންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަމިނެޓްގެ ތެރެއިިން އެންމެ ފަހު މިނެޓްގައި އެޓީމު މިމެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ވެސް މެކްޓޮމިނޭ އެވެ. މިއީ އެޓީމުގެ ކުރީގެ ކެޕްޓަން ހެރީ މެގުއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 8 މެޗުން 12 ޕޮއިންޓް ހަމަކޮށް އެޓީމު ވަނީ ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑް ލީގުގައި ކުޅުނު 8 މެޗުން ލިބުނު 7 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި
03 Oct 2026 ކުޅިވަރު

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި

ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ މައްސަލައިގައި ލީގު ކޮމިޝަނުން ނެރުނު ރައުޔާ މެދު ހިތްހަމަނުޖެހި، މެންޗެސްޓާ ސިޓީ ފުޓުބޯޅަ ކްލަބުން އެ ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މެންޗެސ...

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ
01 Oct 2026 ކުޅިވަރު

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ

މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ މާލީ މުއާމަލާތުގެ ގަވާއިދާ ހިލާފްވި މައްސަލާގައި އެންމެފަހުން އެ ކްލަބުގެ މައި ސްޕޮންސަރު  އިއްތިހާދު އެއާވޭސްއިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެއެވެ. މިކަމާ ގުޅި...

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
21 Sep 2026 ކުޅިވަރު

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ އާއި ސަންޑަލޭންޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނާގައި އެޓީމް ހަމަޖެހިލައިފިއެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި...

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
20 Sep 2026 ކުޅިވަރު

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އާއި އާސެނަލް ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އެޓީމް ޖެހިލައިފިއެވެ. މިމެޗް ބްރައިޓަން ކާމިޔާބުކުރުމާއެކު މި ސީޒަނުގައި އާސެނަލް...