ސުންގަޑިއަށް ފުރަތަމަ ބުރުގެ ހުރިހާ ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށައަޅުއްވައިފި!
2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް ސުންގަޑިއަށް މާލީ ބަޔާން ހުށައަޅުއްވައިފައިވާ ކަަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުން، ހުށަހަޅުއްވަން ޖެހޭ ވަގުތަށް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާންވަނީ ހުށަހަޅުއްވާފައި ކަމަށެވެ.
އަދި ދެވަނަބުރުގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ، މިމަހުގެ 29 ގެ ނިޔަލަށް ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ހަބީބް “ވޮއިސް” އަށް ހިއްސާކުރެއްވެވި މައުލޫމާތުގައި ވާގޮތުން އެންމެ ފުރަތަމަ އީސީ އަށް މާލީ ބަޔާން ހުށައެޅުއްވެވީ ރިޔާސީ ކެންޑިޑޭޓް ޒަމީލެެވެ.
އެހެން ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅުއްވައިފައިވަނީ މިއަދު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް