ރާއްޖޭގެ ދެކުނުގެ މޫސުން ގޯސްވެ ހުދު ސަމާލު
ރައްޖޭގެ ދެކުނުގެ ހިސާބުތަކަށް މޫސުން ވަރަށް ގޯސްވެ، ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މިއަދު ހެނދުނު 8:30އިން ފެށިގެން މެންދުރުފަހު 14:30އާ ހަމައަށް، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެދުގެ ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަވާނެ ކަަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.
އޭގެ އިތުރުން، އެ ވަގުތު ތަކުގައި އެ ސަރަހައްދުގައި ކަނޑުތައް ގަދަވާނެ ކަަމަށްވެސް ލަފާކޮށްފައި ވެއެވެ.
ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ އުތުރުގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދު އަދި މެދުރާއްޖެއާއި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް