އާދައިގެ ކަސްޓަރޑް މީރު ނޫނިއްޔާ ޗޮކްލެޓް ކަސްޓަޑް ޓްރައި ކޮށްލަން ކިހިނެއްވާނެ؟
މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ޗޮކްލެޓް ކަސްޓަޑް ތައްޔާރު ކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
ބޭނުންވާ ތަކެތި
1/2 ޖޯޑު ކަސްޓަޑް
1 ޕެކެޓް ފުލް ކްރީމް މިލްކް ޕެކެޓް (ބޮޑު)
1 ދަޅު ގެރި ކިރު
1/2 ޖޯޑު ޗޮކްލެޓް ޗިޕްސް ( ބަދަލުގައި 5 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ ވެސް ބޭނުން ކުރެވިދާނެ)
1 ސައި ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
1) ގެރި ކިރާއި ދެ ޖޯޑު ފުލްކްރީމް ކިރު ތެއްޔަކަށް އެޅުމަށްފަހު އެކުލަވާލާށެވެ. ދެން އުނދުން މައްޗަށް އުދައި ހޫނު ވެލަންދެން ކައްކާލާށެވެ.
2) ބާކީ ހުރި ކިރު ފޮދު ތައްޓަކަށް އަޅާލުމަށްފަހު ކަސްޓަރޑް އަޅައި ރަނގަޅަށް އެކުލަވާލާށެވެ. (ކޮކޯ ޕައުޑަރ ބޭނުން ކުރާ ނަމަ، ކޮކޯ ޕައުޑަރވެސް އަޅައި އެކުލަވާލާށެވެ.)
3) ކަސްޓަޑް މިކްސް ކެކި ކެކި ކުރި ކިރު ފޮދު ތެރެއަށް އަޅާލާފައި މަޑު ގިނީގައި އޮލަ ވަންދެން ކައްކާލާށެވެ.
4) އޮލަ ވުމުން ޗޮކޮލެޓް ޗިޕްސް އަޅާ ލުމަށްފަހު އެކުލަވާލާފައި ވެނީލާ އެސެންސް ވެސް އަޅައި އެކުލަވާލާށެވެ.
ޗޮކޮލެޓް ކަސްޓަޑް އެހުރީ ތައްޔާރު ވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް