ކޮންގްރެސްގައި ފައްޔާޒު ވާހަކަދައްކަވަނީ
ކޮންގްރެސްގައި ފައްޔާޒު ވާހަކަދައްކަވަނީ
ހަބަރު 03 Oct 2026 | 11:02

ވެރިކަމުގެ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތަށް ބަލައި، ބޮޑު ބަދަލަކާ ދިމާލަށް މިސްރާބް ޖަހަންޖެހޭ: ފައްޔާޒް

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތަށް ބަލައި، ބޮޑު ބަދަލަކާދިމާލަށް މިސްރާބް ޖަހަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ބޮޑު ބަދަލު" އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވައި ދެއްވަމުން ފައްޔާޒް ވަނީ މިފަދަ ބަދަލެއް ގެނައުމަށް ނިންމައި އެކަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅަންޖެހުނު ގޮތް ވަރަށް ސާފްކޮށް ވިދާޅުވެދެއްވާފައެވެ. ފައްޔާޒް ވިދާޅުވީ، މި ބަދަލަކީ ކުރިއަށް އޮތްތަނުގައި އެމްޑީޕީން ކަންކަން ކުރާނޭ ގޮތުގެ ތަސައްވުރެއް ކަމަށެވެ. އެގޮތުން އެފަދަ ތަސައްވުރެއްގެ ބޭނުން މިއަދު ވަރަށްބޮޑުކަމަށް ފައްޔާޒްގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީން ތިން ބާރު ވަކިކުރިއިރު އުންމީދު ކުރެވުނީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. ނަމަވެސް، ވެރިކަން ކުރާ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު، ގާނޫނުއަސާސީގެ ޗެކްސް އެންޑް ބެލެންސްގެ ނިޒާމު އެއްކޮށް ފުނޑުފުނޑުވެ، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑި، ސަރުކާރު ބޭނުންވާ ގޮތަކަށް ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން ފައްޔާޒް ފާޅުކުރެއްވިއެވެ. އޭސީސީ، ޕީޖީ އަދި އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ބާރު ކެނޑުމުން، ކޮރަޕްޝަނާއި އިސްރާފު އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑުބަދަލުގެ އިސްލާހްތަކުގެ ތެރޭގައި:

- ދައުލަތާއި ސަރުކާރުގެ ވެރިޔާ ވަކިކުރުން: ސަރުކާރުގެ ވެރިޔަކީ ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރާ ފަރާތަކަށް ހެދުމާއެކު، ދައުލަތުގެ ވެރިޔާ މަޖިލީހުން އައްޔަންކުރުން.

- ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން: މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ނަމަވެސް، އެކަމުގެ ފަހުބަސް ބުނާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމުގައި ހަމަޖެއްސުން.

- ރައްޔިތުންގެ ހިޔާލު ހޯދުން: މުހިންމު ބޮޑެތި ނިންމުންތަކުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަށް ރިފަރެންޑަމްތައް ބޭއްވުން.

މިއީ ބަރުލަމާނީ ނިޒާމެއް ނޫންކަން ސާފުކޮށްދެއްވަމުން ފައްޔާޒް ވިދާޅުވީ، މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ބާރުތައް ކުޑަކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ފުރިހަމަ މިނިވަންކަން ކޯޓުތަކަށް ހޯދައިދީ، ގާނޫނުއަސާސީގެ ބާރު އަލުން ރައްޔިތުންގެ އަތްމައްޗަށް ރުޖޫއަކުރުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.