N/A
N/A
ހަބަރު 30 Sep 2026 | 05:50

އެމްއެންޔޫއިން ބައިނަލްއަޤުވާމީ ހަތަރު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި ކާމިޔާބީ ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބައިނަލްއަޤުވާމީ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަތަރު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރޫމިކޯ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނާ ޑޭވިޑް ޖެސަޕެވެ.

އެ ރަސްމިއްޔާތުގައި ފާހަގަކުރި ޕްރޮގްރާމްތަކުގެ ތެރޭގައި ޖަޕާން ފައުންޑޭޝަނާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް 2026 ވަނަ އަހަރުގެ އޮގަސްޓް 10 އިން ސެޕްޓެމްބަރު 21 އަށް ހިންގި 30 ގަޑިއިރުގެ ޖަޕާނު ބަހުގެ ކޯހެއް ހިމެނެއެވެ.

އޭގެ އިތުރުން މެލޭޝިއާގެ ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ (ޔޫއެސްއައިއެމް) އާ ގުޅިގެން ސެޕްޓެމްބަރު 6 އިން 9އަށް އެމްއެންޔޫގެ ޢަރަބި ބަހުގެ ޑިޕާޓްމަންޓުގެ ލެކްޗަރާއިންނަށް ޚާއްޞަ ޕްރޮގްރާމެއް ހިންގައިފައިވެއެވެ.

ހަމައެއާއެކު އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއާ ގުޅިގެން ޕާތުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ މުވައްޒަފުންނަށް ފެކަލްޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގައިފައިވެއެވެ.

ހަތަރުވަނަ ޕްރޮގްރާމެއްގެ ގޮތުގައި މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނާއި ކާޓިން ޔުނިވާސިޓީއާ ގުޅިގެން ސެޕްޓެމްބަރު 9 އިން 19 އަށް ޕާތުގައި ލައިބްރަރީ އެންޑް އިންފޮމޭޝަން ސާވިސަސްއާ ބެހޭ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޖަޕާނު ބަހުގެ ކޯހުން ކަސްޓަމްސް އޮފިސަރުންނަށް ބަހުގެ ހުނަރާއި ފަންނީ ޢިލްމު ތަރައްޤީކުރުމުގެ ފުރުޞަތު ލިބިފައިވާ އިރު ފަތުރުވެރިކަމުގެ ދާއިރާއާ ގާތް ގުޅުންތަކެއް އޮތް ޤައުމެއްގެ ހައިސިއްޔަތުން މި ތަމްރީނުތައް ފައިދާކުރާނެ ކަމަށް އެމްއެންޔޫއިން ފާހަގަކޮށްފައިވެއެވެ. ޔޫއެސްއައިއެމް ޕްރޮގްރާމުން ދިރާސާ މުޤައްރަރު ތައްޔާރުކުރުން އަދި ޘަޤާފީ ބައްދަލުވުންތަކުގެ ފުރުޞަތު ހޯދައިދީފައިވެއެވެ. އޮސްޓްރޭލިއާގެ ޕްރޮގްރާމްތަކުން ބައިނަލްއަޤުވާމީ ތަޖުރިބާ ހޯދައި ދިރާސާ ހުށަހެޅުމުގެ ފުރުޞަތު ލެކްޗަރާއިންނާއި ދަރިވަރުންނާއި ދަސްވެނިންނަށް ލިބިފައިވެއެވެ.

އެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް އާޓްސްގެ ޑީން ޑރ. އާމިނަތު ރިޔާޒް ވިދާޅުވީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަކީ ހަމައެކަނި ސެޓްފިކެޓް ހާސިލުކުރުމަށް ވުރެ މާ ފުޅާ ދާއިރާއެއް ކަމަށާއި އާ ނަޒަރިއްޔާތައް ދެނެގަތުމާއި ޢަމަލީ ހުނަރު ތަރައްޤީކުރުމާއި އާ ޚިޔާލުތައް މުޖުތަމަޢަށާއި ފަންނީ ދާއިރާތަކަށް ގެނެސްދިނުމުގެ ފުރުޞަތު އެކަމުން ފަހިވާ ކަމަށެވެ.

މި ހަތަރު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ހިންގުމުގައި ކާޓިން ޔުނިވާސިޓީ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ޖަޕާން ފައުންޑޭޝަން ޖަޕާން އެމްބަސީ ޔޫއެސްއައިއެމް މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އަދި ބައިވެރިވި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ލިބިފައިވާ ކަމަށް އެމްއެންޔޫއިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.