ކޫއްޑޫ އެއާޕޯޓް ރަންވޭ
ކޫއްޑޫ އެއާޕޯޓް ރަންވޭ
ރިޕޯޓް 12 Oct 2024 | 06:36

އައްޑޫ ލިންކު ރޯޑަށްވުރެ، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ގޯސް!

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެއާޕޯޓަކީ އެތަންތަނުގެ ފެންވަރު ވަކިގޮތަކަށް ހުންނަންޖެހޭ ތަނެކެވެ. ހާއްސަ ގޮތެއްގައި އެއާޕޯޓެއްގެ ރަންވޭ ހުންނަންޖެހޭނީ ވަކި މިންގަނޑެއްްގަަައިކަން ސިވިލްއޭވިއޭޝަނުގެ ގަވާއިދުތަކުގައި ކަނޑައަޅާފައި ވެއެވެ. ރަންވޭގެ ސަލާމަތީ ކަންކަން ޔަގީންކުރުމަށްޓަކައި ވަރަށް ހަރުދަނާ ހަރުކަށި އުސޫލްތަކެއް ގާއިމްކޮށްފައިވެއެވެ. ކޮންމެ ބޯޓެއް ނައްޓާލުމާއި ޖެއްސުމުގެ ކުރިން ރަންވޭ ޗެކްކުރަން ޖެހޭކަމީ މިކަމުގެ ހެތްކެކެވެ.

ކޫއްޑޫ އެއާޕޯޓާ ގުޅޭގޮތުން އެ އެއާޕޯޓުން ހިދުމަތް ހޯދަމުން އަންނަ ދަތުރުވެރިން ޝަކުވާކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

އެއާޕޯޓްގެ ހިދުމަތުގެ ފެންވަރެވެ. އާއްމު ގޮތެއްގައި ކޫއްޑޫ އެއާޕޯޓް ބޭނުންކުރާ ގއ ވިލިނގިއްޔަށް ނިސްބަތްވާ މީހަކު ނަން ހާމަކުރަން ނޭދެމުން ބުނީ، ކޫއްޑޫ އެއާޕޯޓްގެ ހިދުމަތްތައް މިހާރު ހުރީ އެ އެއާޕޯޓް ހުޅުވިއިރު، ހިދުމަތްތަކާ ތަނުގެ ފެންވަރު އޭރު ހުރި ފެންވަރަށް ނޫންކަމަށެވެ. ފާހާނަ އާއި އެފަދަ ދަތުރުވެރިން ބޭނުންކުރާ ތަންތަނުގެ ހާލަތު މިހާރު ހުރީ ވަރަށް ހާލަތުދަށްކޮށް ކަމަށް އޭނާ ބުންޏެވެ.

" ދަތުރުވެރިން ބޭނުންކުރަން ހުންނަ ފާހާނާ. މިހާރު ގޮސް ބެލިއަސް އެނގޭނެ. ވަދެލަން ނުކެރޭ. ބެގޭޖް ގެންދަންވެސް ވެހިކަލެއް ގެނައީ ވަރަށްފަހުން" ވިލިނގިއްޔަށް ނިސްބަތްވާ އެމީހާ ބުންޏެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ބޭނުންކުރަން އެކަށީގެން ނުވާތީ، ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ އެ އެއާޕޯޓަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ވިދާޅުވީ، އެ އެއާލައިނަށް އެންމެ މުހިއްމީ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ހުރިގޮތުން އިއްޔެއިން ފެށިގެން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވާކަމަށެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު..

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަނުން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލިއިރު، ކޫއްޑޫއަށް ޝެޑިއުލް ދަތުރުތަކުގެ ޑިމާންޑާއި ޓިކެޓް ނަގާފައި ގިނަ އަދަދެއްގެ ދަތުރުވެރިން ތިއްބެވެ. މީގެ އިތުރުން ކުރިއަށްއޮތީ ޓޫރިޒަމް ސީޒަންކަމުން ކޫއްޑޫއަށް ފަތުރުވެރިން އުފުލުމަށް ވަނީ ކުންފުނިތަކާއެކު އެގްރީމަންޓްތައްވެސް ހަދާފައެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު ގޯސްވެގެން އެއާޕޯޓްގެ މުއައްޒަފުން ވަނީ އެކަން އެ އެއާޕޯޓްހިންގަ ކުންފުނީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

ކޫއްޑޫ އެއާޕޯޓް ހިންގަނީ ޕްރިސްޓަން ކިޔާ ކުންފުންޏަކުންނެވެ. ކޫއްޑޫ އެއާޕޯޓް ތަރައްޤީކޮށްގެން ހިންގާގޮތަށް އެކުންފުންޏަށް ވަނީ ދެ ރިސޯޓް ހަދައިގެން ހިންގަން ދީފައެވެ. ޕްރިސްޓަން ކުންފުނިން ދަނީ އެކުންފުންޏަށް ލިބުނު ދެ ރަށުގައި ރިސޯޓް ހަދައި ނިކަން ރަނގަޅަށް އެ ދެ ރަށް ހިންގަމުންނެވެ. އެ ދެ ރިސޯޓަކީ ފަސްތަރީގެ ޕުލްމޫން މާމުޓާ ރިސޯޓާއި، ހަތަރު ތަރީގެ މާކިއޯ މޯލްޑިވްސްއެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު..

ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަހަރެވެ. އެ އެއާޕޯޓަކީ އެ ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭ ރަނގަޅަށް މަރާމާތުނުކުރާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. ރަންވޭ މަރާމާތަށް ފަރުވާކުޑަވެގެން މޯލްޑިވިއަންގެ ބައެއް ފްލައިޓްތަކަށް ގެއްލުންވެސް ލިބިފައި އެބަހުއްޓެވެ.

ކޫއްޑޫ އެއާޕޯޓް ރަންވޭ މައްސަލާގައި އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ބައެއް ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު..

މިކަމުގެ ކަންބޮޑުވުން ހާމަކުރަމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވީ، ސީއެސްއާރު މަޝްރޫއު ހިމަނައިގެން ރިސޯޓް ބިޑިން ޕްރޮޕޯސަލް ހުށައެޅި ޒަމާނެއް ދިޔަކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، މުދިމުންނާއި ،ޓީޗަރުންނާއި އަވަށްޓެރި ރަށް ތަކަށް  ބޮޑެތި އެހީތެރިކަމެއް ދޭނޭކަމަށް ޕްރޮޕޯސަލްގައި ލިޔެ މަޝްރޫޢު ކާމިޔާބުކުރުމަށް ބައެއް ފަރާތްތަކުން އިތުރަށް 10 ޕޮއިންޓް ހޯދާފައިވާކަމަށެވެ.

" މިއީ ރިސޯޓްތަކުން ލޯކަލް ކޮމިއުނިޓީތަކަށް ސަޕޯޓްކުރާކަން ކަށަވަރުކުރުމަށް ބޭނުންކުރި ފޯމިއުލާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ލިޔެކިޔުންތައް އަދިވެސް ސަރުކާރުގައި އެބަހުރި، އެކަމަކު ރިސޯޓްތަށް އެވޯޑް ކުރުމަށްފަހު މި ކޮމިޓްމަންޓްތައް ފުއްދައިފިތޯ ބަލަނީ ކާކު؟ އެމީހުން ހަގީގަތުގައި އެކަން ކޮށްފި ހެއްޔެވެ؟ އޭގެން ރަށަކުން މީހަކު މިހާރު އަރާލިއަސް ހީވަނީ. ޕާކިސްތާނު އިންޑިޔާ ބޯޑަރު ހުރަސް ކުރަން އުޅޭހެން"

ފިރާގް އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ލިޔުނެވެ.

ވޮއިސްއިން ބެލިބެލުމުން އެނގުނު ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ވަރަށް ދަށެވެ. ބައެއް ފަރާތްތަކުން މިހާރު ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ސިފަކުރަނީ އައްޑޫ ލިންކް ރޯޑަށްވެސް ހާލަތު ދަށް ތަނެއްގެ ގޮތުގައެވެ.

ކޫއްޑޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓުމަކީ އެސަރަހައްދުގެ ދަތުރުފަތުރަށް އަންނާނޭ ހީނަރުކަމެކެވެ. އެ ސަރަހައްދުގައި އިތުރު އެއާޕޯޓްތައް އޮތްނަމަވެސް އެންމެގިނަ ފްލައިޓް އަޅަނީ ކޫއްޑޫ އެއާޕޯޓަށެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން ކޫއްޑޫ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ނަން ހާމަކުރަން ޝަރުތުކޮށް ބުނީ، ރަންވޭއާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މިންވަރު ކުންފުންޏަށް އެނގުމުން ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިގޮތުން ރަންވޭ މަރާމާތުކުރުމަށް ބައެއް ތަކެތިވެސް މިހާރު ވަނީ ކޫއްޑޫއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ
18 Aug 2026 ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ

ފަރެސްމާތޮޑާ އެއާޕޯޓުގައި ކާބޯތަކެތީގެ ހިދުމަތްދޭ ކިއޮސްކެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް...

މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި
08 May 2025 ހަބަރު

މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި

މ. މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި އެވެ. ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނީ މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތައ...

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ
23 Dec 2024 ހަބަރު

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ

މުލަކަ އަތޮޅު މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު  ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒުކުރާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮން...

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފި
07 Nov 2024 ހަބަރު

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފި

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ލަކީ ގްލޯބަ...

ރަންވޭ މަރާމާތުކުރުމަށްފަހު ކޫއްޑޫ އެއާޕޯޓް އަނެއްކާވެސް އޮޕަރޭޝަނަށް
29 Oct 2024 ހަބަރު

ރަންވޭ މަރާމާތުކުރުމަށްފަހު ކޫއްޑޫ އެއާޕޯޓް އަނެއްކާވެސް އޮޕަރޭޝަނަށް

ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިމި، އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށައިފިއެވެ.ރަންވޭ މަރާމާތައްފަހު ފުރަތަމަ ފްލައިޓް ކޫއްޑޫއަށް ޖައްސާފައިވަނީ މިއަދު ހެނދުނެވެ. އެއީ ކާޑެއްދޫއި...

ކޫއްޑޫ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތް ނިންމައި، ވަރަށް އަވަހަށް އާއްމު ހާލަތަށް ގެނެވޭނެ: އަމީން
12 Oct 2024 ހަބަރު

ކޫއްޑޫ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތް ނިންމައި، ވަރަށް އަވަހަށް އާއްމު ހާލަތަށް ގެނެވޭނެ: އަމީން

ކޫއްދޫ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތް ނިންމައި، ވަރަށް އަވަހަށް އާއްމު ހާލަތަށް ގެނެވޭނޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ކޫއްޑޫ އެއާޕޯޓް މައްސަލާގައި މިނިސްޓަރު އަމ...