ކޮކާކޯލާއިން މިހަފްތާގައި ދިނީ އަޔަލޭންޑް ދަތުރަކާއި އައިފޯނެއް!
ޔޫރޯ2020އާއި ގުޅިގެން ކޮކާކޯލާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މިދިޔަ ހަފްތާގެ ނަސީބުވެރިން ހޮވައިފިއެވެ.
ޓީވީއެމްއިން ލައިވްކުރި އިވެންޓެއްގައި ނަސީބުވެރި ފަރާތްތައް ހޮވާފައިވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒެއިނެވެ. މިއީ މި ޕްރޮމޯޝަންގައި ނަސީބުވެެރިން ހޮވި ފުރަތަމަ ފަހަރެވެ.
އެގޮތުން ނަސީބުވެރި ދެފަރާތެއް ހޮވިއިރު، އެއް ފަރާތަށް ދީފައިވަނީ އައިފޯން 11އެކެވެ. އަދި އަނެއް ފަރާތަށް ދީފައިވަނީ ދެފަރާތަކަށް އަޔަލޭންޑްގެ ދެކޮޅު ޓިކެޓެވެ.
ކޮކާކޯލާއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާާއަކު ހޮވޭ ނަސީބުވެރި އެއް ފަރާތަށް އިތުރު ބައިވެރިއަކާއި އެކު އަޔަލޭންޑްގައި އޮންނަ ޔޫރޯ 2020ގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. މިގޮތަށް އެގައުމަށް ދަތުރުކުރާ ޖުމްލަ 20ފަރާތުގެ ހުރިހާ ޚަރަދެއް ކުުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ފަރާތުންނެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދުވާލަކު އެއްފަހަރު ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ޚާއްސަ އިނާމެއްވެސް ލިިބިގެންދާނެއެވެ.
މި އިނާމްތަކުގެ ތެރޭގައި ހިމެނެނީ އައިފޯނު 11، އެލްއީޑީ އެޗްޑީ ޓީވީ ނުވަތަ އޮފިޝަލް މެޗް ބޯޅަ ހިމެނެއެވެ.
ކޮކާކޯލާއިން މައުލޫމާތުދޭ ގޮތުގައި މިޕްރޮމޯޝަންގައި ބައިވެރިވުމަށް ކޮކާކޯލާ ފުޅީގެ ރަންކުލައިގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކުރަން ޖެހޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް