N/A
N/A
ހަބަރު 09 Feb 2020 | 15:13

އީޔޫއާއި ރާއްޖެއިން ގުޅިގެން ނިރުބަވެރިކަމާއި ދެކޮޅަށް ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި

ޔޫރަޕްގެ އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔޫނިއަނާއި ދިވެހިރާއްޖެއިން ގުޅިގެން ހަރުކަށި ފިކުރާއި ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްސަ ޕްރޮޖެކްޓެއް ތައާރަފްކޮށްފިއެވެ.

މި ޕްރޮޖެކްޓް ތައާރަފްކޮށްފައިވަނީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާއި ދެމެދުގައި މިއަދު ބޭއްވި ސީނިއަރ އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުމާއި ދިމާކޮށެވެ.

ދިވެހި ޚާރިޖިއްޔާާއިން މައުލޫމާތުދޭ ގޮތުގައި އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. ނިރުބަވެރިކަމާއި ހަރުކަށި ފިކުރާާއި ދެކޮޅަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި، ދިވެހި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އީޔޫއާއި ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ޤާއިމްކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއިއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޤާއިމްކުރެވުނު ނިޒާމްގެ ދަށުން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގައި ޑިމޮކްރަސީ އިޔާދަކޮށް، ހެޔޮވެރިކަމާއި ޤާނޫނުގެ ވެރިކަންކުރުމަށް މިހާރުގެ ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ބައިނަލްއާޤްވާމީ ބައިވެރިންނާއި ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެކެވެ. ދިވެހިރާއްޖެއާއި އީޔޫގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެފަރާތުގެ މެދުގައި މިއަދު މަޝްވަރާކުރެވުނެވެ.

ޔޫރަޕިއަން ކޮމިޝަންއާއި، ޔޫރަޕިއަން ކައުންސިލްގެ އާ ރައީސުންނާއި، އީޔޫ ހައި ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ/ވައިސް ޕްރެޒިޑެންޓް އޮފް ދަ ޔޫރަޕިއަން ކޮމިޝަން ޖޮސެޕް ބޮރެލްގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖެ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނާއިއެކު އޮންނަ ގުޅުން އިތުރުކުރުމަށް އީޔޫ އޮތީ ތައްޔާރަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއަރުވައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އިތުރަށް ހަރުދަނާކުރުމަށް އީޔޫ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ވަރުގަދަކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ބަލަމުންދާކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރާ އީޔޫ އިންވެސް މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހިރުފިޔާގެ އެހީއަކާއި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެއަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެއެވެ.

ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އީޔޫ އާއި ދިވެހި ސަރުކާރުން އެއްބަސްވިއެވެ. އަދި ދިވެހިރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި ވަނީ އެދިފައެވެ.

ރާއްޖޭގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އީޔޫގެ ކަންބޮޑުވުންތަކަށް ރާއްޖެއިން ހައްލު ގެނެސްފައިވާކަން ދާދި އަވަހަށް ރާއްޖެއަށް އަންނަ އީޔޫގެ ފަންނީ ޓީމުން ފާހަގަކުރާނެކަމަށް އުއްމީދުކުރާކަން އީޔޫ އިން ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އީޔޫގެ މެމްބަރު ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމާއި ބެހޭ ގޮތުން އީޔޫ އާއިއެކު ވަނީ މަޝްވަރާކުރެވިފައެވެ.

މިއަދުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.