ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު 09 Feb 2023 | 11:22

އާސަންދަ އާއި ޕްރައިމަރީ އާއި ގުޅުމެއް ނެތް: މިއުވާން

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ހަތަރު ގުނަ އަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައްދު ދެއްވައިފި އެވެ.

މި މަހުގެ 07 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ، ފިނޭންސްއިން ނެރެމުންދާ “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން” މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަރަދުތަކާއި މި އަހަރުގެ ހަރަދުތަކާއި އަޅާ ބަލާއިރު ބޮޑު ތަފާތެއް ދައްކާކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި އާސަންދައަށް ހަރަދުކޮށްފައިވަނީ 67.9 މިލިއަން ކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ވުމާއެކު، އެ ނަތީޖާ ތަކަށް ބަލާއިރު މި ދިޔަ އަހަރާ، މި އަހަރާއި އަޅާ ބަލާއިރު 4 ގުނައިން ބަލި މީހުން އިތުރުވެފައިވާ ކަމަށް ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިދިޔަ އަހަރު ޖަނަވަރީ މަހު (އާސަންދައަށް) 67.9 މިލިއަން ޚަރަދު ކުރެވުނީ. މިއަހަރު ޖަނަވަރީ މަހު 283.4 މިލިއަން ރުފިޔާ އާސަންދަ އަށް ޚަރަދު ކުރެއްވި. އެހެންވީމާ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި މި އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު ހަތަރު ގުނައިން ބަލިމީހުން އިތުރުވެގެން ހިނގައްޖެ. ދެން އެއީ އެތެރޭގެ އިންތިޚާބަކާއި ގުޅިގެން އައި ބަދަލެއް ތޯ ނުވަތަ ހަގީގަތުގައި ވެސް ބަލިމީހުން ހަތަރު ގުނައަށް އިތުރުވެގެން ދިޔައީތޯ. މިއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލެއް"  ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިއެއް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ޖެނުއަރީ މަހުގައި އާސަންދައަށް ކުރި ޚަރަދު ވަކި ބޮޑެއް ނުވާ ކަމަށެވެ. އަދި ފެންނަން ހުރި ނަންބަރުތަކަށް ބަލާއިރު ވެސް އާސަންދައިން އެކި މަސްމަހުގައި ޚަރަދުކޮށްފައި ހުންނާނީ އެކިވަރަށް ކަމަށާއި، އެތެރޭގެ އިންތިޚާބާއި އާސަންދައިގެ ޚަރަދާ ގުޅުވަންވީ ކީއްވެ ކަމެއް ނުވިސްނޭ ކަމަށެވެ.

“އެއްވެސް ކަހަލަ އިންތިހާބަކާ ގުޅިގެން ވަކި އިތުރު ހަރަދެއް ކުރީކީއެއް ނޫން. ނުވަތަ އިންތިހާބަކާ ގުޅިގެން އާސަންދައިން ވަކިން ކޮން ހަރަދެއްތޯ އިތުރަށް ކުރާނީ؟" މިއުވާން ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ވިދާޅުވީ އާސަންދައިން އެ މަހަކު ޚަރަދުކުރަނީ ހަމައެކަނި އެ މަހުގަ ޑޮކްޓަރަށް ދެއްކި މީހުންގެ ބިލުތަކަކަށް ނޫން ކަމަށާ، އޭގެ ކުރީ މަސްމަހުގައި އެކިއެކި ހޮސްޕިޓަލުތަކާ ކްލިނިކްތަކުން ފޮނުވާފަ ހުންނަ ބިލުތަކަށް ފައިސާ ދައްކާ ކަމަށެވެ.

އަދި އާސަންދަ އަކީ މީހުން އަތަށް ފައިސާ ދީގެން ކުރާ ހަރަދެއް ނޫން ކަމަށާ، އާސަންދައިގެ ކަންކަން ހިނގާގޮތް ރައީސް ނަޝީދަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެފަދައިން ވާހަކަ ދެއްކެވީ ކީއްވެ ކަމެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.